ލ.އަތޮޅު ކައުންސިލުގެ ރައީސް އިސްމާއީލް އަލީ އިދިކޮޅު ޕީޕީއެމްއާ ގުޅިވަޑައިގެންފިއެވެ.
އޭނާ ޕީޕީއެމްއާ ގުޅިވަޑައިގެންފައިވަނީ އެ ކޯލިޝަނުން ރޭ ލ. ގަމު މުކުރިމަގުގައި ބޭއްވި ކެމްޕޭން ހަރަކާތުގެތެރެއިންނެވެ.
އިސްމާއީލް އަލީ ޕީޕީއެމްއާ ގުޅިވަޑަިއގެންފައިވާއިރު އޭނާއަކީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވައިގެން ލ.އަތޮޅު ކައުންސިލުގެ ރައީސްކަމަށް އިންތިހާބުވި ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.
އޭނާގެ އިތުރުން ވެސް ގިނަ ބަޔަކު ރޭ ޕީޕީއެމްއާ ގުޅިފައިވާއިރު އޭގެތެރޭގައި އެކި ޕާޓީތަކުގައި ކުރިން ވަރަށް ހަރަކާތްތެރިކޮށް ފެނުނު ޒުވާނުން ވެސް ހިމެނެއެވެ.