Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.މުއިއްޒު

ވަގު ފޯމު ހުށަހަޅާކަމުގެ ތުހުމަތު ކުރެވިފައިވަނިކޮށް 25،000 މީހުން ރިރެޖިސްޓަރ ކުރުމުން ޑރ.މުއިއްޒުގެ ކަންބޮޑުވުން

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލީ ތަން ނޫން އެހެން ތަނަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރެ-ރެޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލުމުން 2 ދުވަސް ތެރޭގައި 25,000 އަށް ވުރެ ގިނަ މީހުންގެ ފޯމު އިލެކްޝަންސްއަށް ހުށަހަޅާފައިވާތީ އެކަމާއި ގުޅޭ ކަންބޮޑުވުންތައް ޕީޕީއެމް/ޕީއެންސީ ގެ ކެންޑިޑޭޓު ޑރ.މުއިއްޒު ފާޅުކުރައްވައިފިއެވެ.

ރިރެޖިސްޓްރީވާން ހުށަހެޅި މީހުންގެ އަދަދުތައް އިލެކްޝަންސްއިން މިއަދު އާންމު ކުރުމުން, ކުރެއްވި ޓުވީޓެއްގައި ޑރ.މުއިއްޒު ވިދާޅުވީ 2 ދުވަސް ތެރޭގައި 25,000 މީހުން ރިރެޖިސްޓަރ ކޮށްފާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ހުރިހާ ސިޔާސީ ޕާޓީތަކުންނާއި, ބޭރުގެ އޮބްޒާވަރުން އަދި ކަމާއި ބެހޭ އެހެނިހެން ފަރާތްތަކުން މިކަން ވަރަށް ސީރިއަސްްކޮށް ބަލަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ގިނަ އަދަދެއްގެ ބަޔަކު ރިރެޖިސްޓަރ ކުރަން ހުށަހެޅި ކަމަށް އިލެކްޝަނުން ބުނެފައި މިވަނީ, ވެރިކަން ކުރާ އެމްޑީޕީން ގިނަ އަދަދެއްގެ ވަގު ފޯމު ހުށަހަޅާކަން ފަޅާ އަރާފައި ވަނިކޮށެވެ. މިގޮތުން އެމްޑީޕީން ވަނީ ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގައި ތިބޭ ޑރ.މުއިއްޒަށް ވޯޓުލާނެހެން ހީވާ މީހުންގެ މައުލޫމާތު ވަގަށް ނަގައި އެމީހުންގެ ނަމުގައި ރީރެޖިސްޓްރޭޝަން ފޯމުތައް ހުށަހަޅާފައެވެ.

ރިރެޖިސްޓަރ ވުމަށް އޮންނަނީ ދެގޮތެކެވެ. އެއީ އޮންލައިންކޮށް ހުށަހެޅުމާއި ފޯމެެއް ފުރައިގެން ގޮސް ލުމެވެ. ފޯމުގައި އޮންނަ ސޮޔާއި އިނގިލީގެ ނިޝާނުގެ ސައްހަކަން ދެނެގަނެވޭނެ ގޮތެއް އިލެކްޝަންސް ކޮމިޝަނަކަށް ނޯވެއެވެ. އެހެން ކަމުން ވަގު ފޯމުތައް ހުށަހެޅުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

މި ލިއުމާއި ގުޅޭ