Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހިލޭ އެހީ

އަހަރު ނިމެން 3 މަސް: އަންދާޒާ ކުރި އަދަދުގެ 15 އިންސައްތަވެސް ހިލޭ އެހީގެ ގޮތުގައި ނުލިބޭ!

މިއަހަރު ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކުރި އަދަދުގެ 15 އިންސައްތަވެސް އަދި ނުލިބޭކަން ހާމަވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ދައުލަތުގެ މާލީ ހިސާބުތަކުން ދައްކާގޮތުގައި ސެޕްޓެމްބަރުގެ ނިޔަލަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 352 މިލިއަން ރުފިޔާއެވެ. މި އަހަރު ހިލޭ އެހީގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު އަދި ލިބިފައިމިވަނީ އެ އަދަދުގެ 14 އިންސައްތައެވެ. ފާއިތުވި އަހަރުގެ މި މުއްދަތުގައި ހިލޭ އެހީގެ ގޮތުގައި 709 މިލިއަން ރުފިޔާ ލިބުނެވެ.

ފާއިތުވި އަހަރުތަކުގައިވެސް އަންދާޒާކުރި ވަރަށް ހިލޭ އެހީ ނުލިބޭއިރު، މިއަހަރުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ހިމެނުމުން މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ވެސް ވަނީ އެ އަދަދު ލިބިދާނެކަމާ މެދު ސުވާލު އުފައްދާފަ އެވެ.

ސަރުކާރުން ބަޖެޓުގެ ދަރަނި އަންދާޒާކުރަނީ ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރާ ފައިސާ އުނިކުރުމަށްފަހު އެވެ. އެހެންވެ، ހިލޭ އެހީ އެވަރަށް ނުލިބި، ހަރަދު ވެސް އިތުރުވުމުން އަންދާޒާކުރާ މިންވަރަށްވުރެ ބަޖެޓުގެ ދަރަނި އަބަދުވެސް ބޮޑުވެ އެވެ.

މި ލިއުމާއި ގުޅޭ