ޕާކިސްތާނަށް ކުރިމަތި ވެފައިވާ އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުން އެގައުމުގެ މަސައްކަތު އާބާދީގެ ތެރެއިން ވަޒީފާނެތް މީހުން ރެކޯޑް އަދަދަކަށް މިއަހަރު އަރާނެކަމަށް އަންދާޒާ ކޮށްފިއެވެ.
އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) ގެ ރިޕޯޓާ ހަވާލާދީ ނިއުސް ޑެއިލީގައި ބުނެފައި ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި އިގްތިސާދީ ހީނަރުކަމުން ޕާކިސްތާނުގެ ލޭބާ މާކެޓް އަދިވެސް މުޅިން ރަނގަޅު ވެފައި ނުވާ ކަމަށެވެ. މީގެ އިތުރުން އަންހެނުންގެ ވަޒީފާ ނެތް މީހުންގެ ނިސްބަތް 11.1 އިންސައްތައަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އައިއެލްއޯގެ އަންދާޒާތައް ދައްކާ ގޮތުން 2023 ވަނަ އަހަރު ޕާކިސްތާނުގެ ވަޒީފާއާއި އާބާދީގެ ރޭޝިއޯ ވަނީ ކްރައިސިސްގެ ކުރިން އޮތް ޓްރެންޑް ލައިންއަށް ވުރެ 47.6 ޕަސެންޓަށް ވުރެ ދަށްވެފަ އެވެ. "ޕާކިސްތާނަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާއިރު، ޕާކިސްތާނުގެ މަސައްކަތްތެރިކަމުގެ ބާޒާރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދެއެވެ. އެކަމުގެ ސަބަބުން އިންފޯމަލިޓީ އިތުރުވެ، ހިޖުރަކުރުން ވެސް ދަނީ އިތުރުވަމުންނެވެ. އައި.އެލް.އޯ.ގެ ހަތަރުވަނަ ޑިސެންޓް ވޯކް ކަންޓްރީ ޕްރޮގްރާމް (ޑީޑަބްލިއުސީޕީ) މެދުވެރިކޮށް، މަސައްކަތްތެރިންނާއި ދަތިހާލުގައި އުޅޭ ވިޔަފާރިތަކުގެ ޙާލަތު ޙައްލުކޮށް، މި ދަތި ދަނޑިވަޅުގައި އެމީހުންގެ ދިރިއުޅުމުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް އެހީތެރިވެދޭނެ ޙައްލުތައް ހޯދުމުގެ މަސައްކަތް ކުރަމުން މިދަނީ،" ޕާކިސްތާނަށް ކަނޑައަޅުއްވާފައިވާ އައިއެލްއޯގެ ކަންޓްރީ ޑައިރެކްޓަރ ގެއިރް ޓޮންސްޓޯލް ވިދާޅުވިއެވެ.
ކޮވިޑް-19 އަށް ފަހު ކުރިމަތިވި "ނޯ ކްރައިސިސް ކޮންފެކްޓިވް ސިނާރިއޯ" އާ އަޅާބަލާއިރު، 2022 ވަނަ އަހަރު ވަޒީފާގެ އަދަދުތައް ހުރީ1.8 މިލިއަން ދަށްކޮށެވެ. 2023 ވަނަ އަހަރު އަންދާޒާކޮށްފައިވާ "ޖޮބްސް ގެޕްސް" 2.4 މިލިއަން އަށް އިތުރުވާނެ އެވެ.
ސްޓޭޓް ބޭންކް އޮފް ޕާކިސްތާން (އެސްބީޕީ)ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2022/2023 ވަނަ އަހަރު ޖީޑީޕީގެ ނިސްބަތުން ޖުމްލަ ދަރަންޏާއި ދަރަނި ވަނީ އޭގެ ކުރީ އަހަރުގެ 89.7 އިންސައްތައަށް ވުރެ 91.1 އިންސައްތައަށް އިތުރުވެފައެވެ.