Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިސްރު

މިސްރުގެ ރައީސް ސީސީގެ ސަރުކާރަށް ފާޑުކީ އެކްޓިވިސްޓަކު ހަމަހަށް ޖަލަށްލައިފި

ގާހިރާ (ސެޕްޓެމްބަރު 16) - ރައީސް އަބްދުލް ފައްތާހު އަލް ސީސީގެ ވެރިކަމަށް ދާދި ފަހުން ފާޑުކިޔުން ތައް ވަރުގަދަކުރި މިސުރުގެ މަޝްހޫރު ލިޔުންތެރިޔާ އަދި އެކްޓިވިސްޓް ހިޝާމް ކަސެމް ހަ މަހަށް ޖަލަށް ލުމަށް ގާހިރާގެ ކޯޓަކުން ހުކުމްކޮށްފި އެވެ.
ކަސެމް އަކީ މިސުރުގައި އަލަށް އުފެދުނު ލިބަރަލް ޖަމާއަތެއް ކަމަށްވާ އަލްތަޔާރު އަލްހުރް ނުވަތަ ފްރީ ކަރަންޓްގެ ލީޑަރެކެވެ. އިގްތިސާދީ ހީނަރުކަމަށް ހައްލެއް ގެނައުމަށް ސިޔާސީ ބަދަލުތަކެއް ގެނައުމަށް އެ ހަރަކާތުން އިލްތިމާސްކޮށްފައިވާއިރު، 2024 ވަނަ އަހަރުގެ ކުރީކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ނެރެވިދާނެ ކަމަށް އެ ހަރަކާތުން ވަނީ ބުނެފަ އެވެ.
ސަލާމަތީ ބާރުތަކުގެ ތާއީދު ހޯއްދަވަމުން ގެންދަވާ ކުރީގެ އަސްކަރިއްޔާގެ ވެރިޔާ ސީސީއާ ދެކޮޅަށް ސީރިއަސް ޗެލެންޖެއް ނޯންނާނެ ކަމަށް ބެލެވެ އެވެ.
ކެބިނެޓްގެ ކުރީގެ ވަޒީރަކާ މެދު ބަދުއަހުލާގީ އަމަލު ހިންގުމުގެ ކުށް ކަސެމްގެ މައްޗަށް ސާބިތުވެފައި ވަނީ އޭނާ ބަންދުގައި ބެހެއްޓުމުން، ޕޮލިސް ސްޓޭޝަނެއްގައި ތިބި އޮފިސަރުންނަށް ބަހުގެ ހަމަލާތައް ދިނުމުގެ ކުށުގައި ކަމަށް އޭނާގެ ގާނޫނީ ވަކީލް ނާސިރު އަމީން ވިދާޅުވި އެވެ. ހުކުމް އިއްވި އިގްތިސާދީ ކޯޓުން ވެސް އޭނާ ވަނީ 20،000 މިސްރު ޕައުންޑް (645 ޑޮލަރު) އިން ޖޫރިމަނާކޮށްފަ އެވެ.
އަމީން ވިދާޅުވީ އެ މައްސަލައިގެ އިސްތިއުނާފް އަޑުއެހުމެއް އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހަށް ތާވަލުކޮށްފައިވާ ކަމަށެވެ.
މި ލިއުމާއި ގުޅޭ