ދިވެހިރާއްޖެއިން ބޭރުގެ ޤައުމުތަކަށް ނަގާފައިވާ ދަރަނިތައް ރީފައިނޭންސް ކުރެވޭނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުހއައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހދ.ކުރިނބީގައި ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަ ދައްކަވަމުން މާލެ ސިޓީގެ މޭޔަރުކަންވެސް ކުރައްވަމުން ގެންދަވާ އިދިކޮޅުގެ ކެންޑިޑޭޓު ވިދާޅުވީ އިޤްތިސާދު ކޮޅަށް ޖަހައި ލޯނުތައް އަދާ ކުރެވޭނެ ގޮތް އެނގިވަޑައިގަންނަވާ ކަމަށާއި އެކަމުގައި ކަންބޮޑުވުމެއް ނެތް ކަމަށެވެ.
"މިހާރު ވެސް އަޅުގަނޑުމެންނަށް ގާތް ރަހުމަތްތެރި ބައެެއް ދިމަދިމާލުން އެބަހުރި ގްރީން ސިގްނަލް ލިބިފައި މި ހުރި ބޮޑެތި ލޯނުތައް ރީފައިނޭންސް ކުރެވޭނެ ގޮތްތައް." ޑރ.މުއިއްޒު ވިދާޅުވިއެވެ.
ރައީސް އިބްރާހީމްގެ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވަމުން ޑރ.މުއިއްޒު ވިދާޅުވީ ރަށްރަށުގައި ކުރަން ހުރި ކަންކަމަކީ ދައުލަތުގެ އާމްދަނީން ވެސް ކުރެވޭނެ ކަންކަން ކަމަށާއި އެކަންކަން މިއަދުގެ ސަރުކާރަށް ނުވަނީ މިސް މެނޭޖު ކުރާތީ ކަމަށެވެ.
ލޯނުތައް ރިފައިނޭންސް ކުރެވޭނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށް ޑރ.މުއިއްޒު ވިދާޅުވެފައިވާއިރު, ރައީސް އިބްރާހީމްގެ ސަރުކާރުން ދަރަނި މެނޭޖުކުރަން ނިންމާފައިވަނީ ރާއްޖޭގެ އުތުރާއި ދެކުނުް 15 ހެކްޓަރުގެ ބިން އިންޑިއާގެ ސިޔާދަތީ ބާރު ހިނގާގޮތަށް 99 އަހަރަށް ދީގެންނެވެ.