Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޤާސިމް އިބްރާހީމް

ސަން އައިލެންޑުގައި ރައީސް ހޭދަކުރެއްވި 3 ދުވަސް ފަނުފުލުން: ޤާސިމް ރައީސަށް ތާއީދުނުކުރެއްވި!

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ސަން އައިލެންޑް ރިސޯޓަށް ވަޑައިގެން ތިން ދުވަހު ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމުގެ އަރިހުގައި ކޯލިޝަން ހެދުމަށް އާދޭސްކުރެއްވި ކުރެއްވުމަށް ބީރު ކަންފަތެއް ދެއްވައި، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރަން ނިންމައިފިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ޤާސިމް އަރިހަށް ސަން އައިލެންޑު ރިސޯޓަށް ވަޑައިގެން ޤާސިމްގެ ތާއީދު ހޯއްދެވުމަށް ވަރަށް ގިނަ ހުށަހެޅުންތައް ހުށަހެޅުއްވިއެވެ. އޭގެ އިތުރަށް ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް ގެއްލުންވާނެ ފަދަ އެއްވެސް ނިންމުމެއް ސަރުކާރުން ނިންމާފައިނުވާކަން ދެއްކެވުމުގެ ގޮތުން އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުންތައް ކަމަށް ވިދާޅުވެ ފޭކު ލިޔުންތަކެއްވެސް ޤާސިމް އަރިހަށް ސަން އައިލެންޑަށް ގެންދަވައިގެން ދައްކަވާފައިވެއެވެ.

ރައީސް ސަން އައިލެންޑުގައި ޤާސިމް އަރިހުގައި ތިން ދުވަސް ހޭދަކުރެއްވުމަށްފަހު މާލެއަށް ވަޑައިގެންނެވި ފަހުން، މިއަދު ޖުމްހޫރީ ޕާޓީގެ ކައުންސިލު ބައްދަލުވުމެއް ބާއްވާފައިވެއެވެ. އެ ބައްދަލުވުމުގައި ޤާސިމް ވިދާޅުވެފައިވަނީ ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރައްވަން ނިންމަވާފައިވާ ކަމަށެވެ. އެހެންނަމަވެސް އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީގައި އިސްކޮށް ތިއްބެވި ބޭފުޅުން، އެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ކެންޑިޑޭޓަކަށް ތާއީދުކުރެއްވުމަށް ހުރަހެއް ނެތްކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.

ޤާސިމްގެ މި ނިންމެވުމާއެކު ޖުމްހޫރީ ޕާޓީގެ ކައުންސިލާއި، އެ ޕާޓީގެ އިސްވެރިންގެ ތެރެއިން ގިނަ ބޭފުޅުންގެ ވިސްނުންފުޅު ހުރީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ބޮޑު ކާމިޔާބެއް ހޯއްދެވި އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒަށް ތާއީދުކުރައްވައި އޭނާއަށް އިންތިޚާބު ކާމިޔާބުކޮށްދެއްވުމަށް މަސައްކަތްކުރެއްވުމަށެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޤާސިމަށް ލިބިވަޑައިގަތީ 5،000 އެއްހައި ވޯޓެވެ. އެއީ ޤާސިމުގެ ސިޔާސީ ހަޔާތްޕުޅުގައި އޭނާ ވާދަކުރެއްވި ރިޔާސީ އިންތިޚާބުތަކުގެ ތެރެއިން ކުރިމަތިވެވަޑައިގެންނެވި އެންމެ ބޮޑު ނާކާމިޔާބެވެ.

ދެވަނަ ބުރަށް އެމްޑީޕީގެ ކެމްޕެއިން ފެށުމަށް ދަނޑިކޮށި ޖަގަހައިގައި ބޭއްވި އެއްވުމަށްފަހު، ރައީސް އިބްރާހީމު ވިދާޅުވެފައިވަނީ ދެވަނަ ބުރުގައި ބޮޑަށް ސަމާލުކަން ދެއްވާނީ ކޯލިޝަން ހެދުމަށްވުރެ ކެމްޕެއިން ކުރެއްވުމަށް ކަމަށެވެ. ނަމަވެސް އެފަދައިން ވިދާޅުވުމަށްފަހު ދެވަނަ ބުރުގެ ވޯޓުލުމަށް 15 ވަރަކަށް ދުވަހަށް ވެފައިވަނިކޮށް ރައީސްވަނީ ޤާސިމްގެ ތާއީދު ހޯއްދެވޭތޯ 3 ދުވަސް ސަން އައިލެންޑުގައި ހޭދަކުރައްވާފައެވެ.

މި ލިއުމާއި ގުޅޭ