Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިބްރާހީމް ވަހީދު (އިބުރޭ)

ސްޓެލްކޯގެ ޑުރައިވަރެއް ލައްވައި ރައީސް އޮފީހުގެ މިނިސްޓަރު އިބުރޭގެ އަމިއްލަ ކަންކަން ކުރަނީ

ސްޓެލްކޯގެ ޑުރައިވަރެއް ލައްވައި ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހީމް ވަޙީދު (އިބުރޭ) އަމިއްލަ ބައެއް ކަންކަން ކުރުވަމުންދާކަން ހާމަވެއްޖެއެވެ.

ސްޓެލްކޯގެ ވޭނު ޑުރައިވަރެއްގެ މަޤާމަށް ނެގި މީހެއް ލައްވައި ރައީސް އޮފީހުގެ މިނިސްޓަރު އިބުރޭގެ ގެއަށް ތަރުކާރީއާއި މޭވާ ގަނުވައި، އޭނާގެ ބޭފުޅުން ސުކޫލާއި ގެއާ ދޭތެރޭގައި އުފުއްލައި، އޭނާ ލައްވައި އިބުރޭގެ އަމިއްލަ މަސައްކަތްކުރުވަމުންދާކަމަށް ސްޓެލްކޯގެ އިސްވެރިޔަކު "ދިޔަރެސް"އަށް މައުލޫމާތު ދެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އިބުރޭގެ އަމިއްލަ ޒާތީ ކަންކަން އެޑުރައިވަރު މެދުވެރިކޮށް ކުރުވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަޙްމަދު ޝަރީފެވެ. "އޭނާ ލައްވައި މިނިސްޓަރު އިބުރޭގެ ކަންކަން ކުރުވަނީ ސީދާ ޝަރީފު. ޝަރީފު އަންގަވައިގެން އެކަންކަން ކުރަނީ. އެހެން މުވައްޒަފުން ލައްވައިވެސް ވަޒީފާގެ ޒިންމާއިން ބޭރުން ވަރަށް ގިނަ ކަންތައް ކުރުވާ،" އޭނާ ވިދާޅުވިއެވެ.

ސްޓެލްކޯގެ މާލީ ހާލަތު ގޯސްވެފައިވާއިރު، ކުރިން އެ ކުންފުނީގައި އޮތް 300 މިލިއަނެއްހައި ރުފިޔާގެ ބޮޑު ރިޒާވް މިހާރު ހުސްވުމާ ކައިރިއަށް ގޮސްފައިވާކަމަށް "ދިޔަރެސް"އަށް މައުލޫމާތު ދެއްވި އެ ކުންފުނީގެ އިސްވެރިޔާ ވިދާޅުވިއެވެ.

ކުންފުނީގެ މާލީ ހާލަތު ގޯސްވުމަށް މެދުވެރިވި މައިގަނޑު ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރައްވަނީ ކުންފުނީގެ ތާރީޚުގައި ދުވަހަކުވެސް އިތުރުނުވާ މިންވަރަކަށް ސްޓެލްކޯގެ އޯވާހެޑް ކޯސްޓު ނުވަތަ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ދައުލަތުން ކުރާ ޚަރަދުތައް އިތުރުވެފައިވުމެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އެކި ނަންނަމުގައި ކުންފުންޏަށް ބޭނުންނުވާ މުވައްޒަފުން ނެގުމުގެ ސަބަބުން ކުންފުނީގެ ޚަރަދުތައް އިތުރުވެ ލިބޭ އާމްދަނީއަށްވުރެ ހޭދަ ބޮޑުވެފައިވާ ކަމަށެވެ.

ޝަރީފު އެމްޑީކަމަށް އައްޔަންކުރި ފަހުން ސްޓެލްކޯއިން އެއް އަހަރު ދުވަހުގެ ތެރޭގައި 300 ވަޒީފާ ބަހާފައިވެއެވެ. މިއިން ގިނަ ވަޒީފާތަކަކީ އެކި އިންތިޚާބުތަކާ ދިމާކޮށް އުފައްދާފައިވާ ވަޒީފާތަކެވެ.

މި ލިއުމާއި ގުޅޭ