Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.މުއިއްޒު

3 ނޮވެމްބަރު ހަމަލާއާއި ގުޅިގެން ފަޒުނާގެ ބައްޕައަަށް ދައުވާކުރި ދައުލަތުގެ ވަކީލުންގެ ތެރޭގައި ޑރ.މުއިއްޒުގެ ބައްޕަ!

1988 ވަނަ އަހަރު ގެ 3 ނޮވެމްބަރު ގައި ބޭރުގެ ކުލީ ސިފައިންގެ ބަޔަކާ ގުޅިގެން ދިވެހިންތަކެއް އަޑީގައި ތިބިެގެން ދިން އުދުވާނީ ހަމަލާގެ އެއް މޭސްތިރި ކަމަށްވާ ސިއްކަ އިސްމާއިލް އަހުމަދު މަނިކަށް ދައުވާކުރި ދައުލަތުގެ ވަކީލުންގެ ތެރޭގައި ހިމެނޭ އެއް ބޭފުޅަކީ ޝޭއިހް ހުސައިން އަބްްދުއްރަހުމާނެއެވެ.

މިކަން މިހާރު އާންމުންގެ ސަމާލުކަމަށް އައިސްފައިވަނީ, މިއަހަރު ކުރިއަށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން އެއްވަނަ ހޯއްދެވި ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒަކީ ހުސައިން އަބްދުއްރަހުމާނުގެ ދަރިކަލުން ކަމުގައިވާތީއެވެ. އަދި ސިއްކަ އިސްމާއިލަކީ ދެވަނަ ބުރުން ލަދުވެތި ނަތީޖާއަކާއި ކުރިމަތިލައްވަން ޖެހިވަޑައިގަތް މިހާރުގެ ރައީސް, ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ބަފައިބެއަށް ވާތީއެވެ.

ސިއްކައަކީ ރައީސް އިބްރާހީމްގެ އަނބިކަނބަލުން ފަޒުނާ އަހުމަދުގެ ބައްޕައެވެ.

3 ނޮވެމްބަރު މައްސަލާގައި ސިއްކަ އަހުމަދު އިސްމާއިލް މަނިކުގެ މައްޗަށް 15 އަހަރުގެ ހުކުމެއް އިއްވިއެވެ. ނަމަވެސް 2 އަހަރެއްހާ ދުވަހު ޖަލުގައި ހޭދަކުރުމަށްފަހު ބޭސް ފަރުވާއަށް އިންޑިއާގައި 4 ވަރަކަށް އަހަރު ހޭދަކުރިއެވެ. އެއަށްފަހު ބައިޕާސްއެއް ހަދަން ލަންޑަނަށް ގޮސް އެފަހުން ރާއްޖެއައިސް ރައީސް މައުމޫން ވަނީ ސިއްކަ މިނިވަންކޮށްފައެވެ.

އެ ހަމަލާގައި އަމަލީ ގޮތުން އެންމެ އިސްކޮށް އުޅުނު ހ.ހާޖަރާގެ ލުތުފީ މީގެކުރިން ދިޔަރެސް އަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވަނީ އޭރު ރާއްޖެ އަރަން އައުމުގެ ކުރިން ސިއްކަވަނީ ދާގޮތަށް ގޮސް ރައީސް މައުމޫން އަވަހާރަކޮށްލަން ބުނެފައިކަމަށެވެ.

ފަޒުނާގެ ބައްޕައަށް ދައުވާކުރި ވަކީލުންގެ ތެރޭގައި ޑރ.މުއިއްޒުގެ ބައްޕަ ހިމެނިވަޑައިގަންނަވާއިރު ޑރ.މުއިއްޒުވެސް މިހާރު ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވަނީ ފަޒުނާ ބައްޕަ ފަދަ ބޮޑެތި ޚާއިނުންނާއި ކަމަށް ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.

މި ލިއުމާއި ގުޅޭ