ފަލަސްތީނުގެ ރައްޔިތުން ޣައްޒާގެ ބޯޑަރު ސަރަޙައްދުގައި ބޭއްވި އެއްވުމަކަށް އިސްރާއިލްގެ ހަނގުރާމަވެރިން ހަމަލާދީފިއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ހުކުރު ދުވަހު ޣައްޒާއަށް ވައިގެ ހަމަލާއެއް ދޭން ފެށީ ބޯޑަރު ސަރަހައްދުގައި ބޭއްވި އެއްވުމެއްގައި ބައިވެރިވި ފަލަސްތީނުގެ ހަނގުރާމަވެރިން އިސްރާއިލްގެ ރައްޔިތުންނަށް އަމާޒުކޮށް ހަމަލާތަކެއްދީނުމާއި ގުޅިގެން ކަމަށެވެ.
މި ހަމަލާއަކީ މިދިޔަ ޖުލައި މަހުގެ ކުރީކޮޅު އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުން ދިން އެންމެ ނުރައްކާތެރި ހަމަލާއަށްފަހު ޣައްޒާއިން ދިން ރޮކެޓް ހަމަލާތަކަށްފަހު އިޒްރޭލުން ރައްދުދިން ފުރަތަމަ ހަމަލާއެވެ.
އިސރާއިލްގެ އަސްކަރިއްޔާއިން ބުނީ ހަމަލާ ދީފައިވަނީ "ޣައްޒާގެ އުތުރުގައި ހުންނަ ހަމާސް ޓެރަރިސްޓް ޖަމާއަތަށް ނިސްބަތްވާ އަސްކަރީ ޕޯސްޓަކަށް" ކަމަށެވެ.
އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވީ ވައިގެ ހަމަލާ ދީފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ކުރީކޮޅު ފަލަސްތީނު މީހުން އެއްވި ސަރަހައްދަކަށް ކަމަށާއި އެއީ ދާއިމީކޮށް ބަންދުކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
ފަލަސްތީނުގެ ސަރަހައްދުގެ ސަލާމަތީ މަސްދަރަކުން އޭއެފްޕީއަށް މައުލޫމާތު ދެމުން ބުނީ އިސްރާއީލުން "ޣައްޒާ ސިޓީގެ އިރުމަތީގައި އޮންނަ ރެސިސްޓެންސް އޮބްޒަވޭޝަން ޕޯސްޓަކަށް ބޮން އެޅިކަމަށެވެ.
މި ހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.