Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.މުއިއްޒު

ފުލުހުންނާ ސިފައިންގެ މުސާރަ ދެގުނަ ބޮޑުކޮށްދޭނަން: ޑރ.މުއިއްޒު

ދިވެހި ފުލުހުންނާ ސިފައިންގެ މުސާރަ ދެގުނަ ބޮޑުކޮށްދީ, ސިފައިންނާ ފުލުހުންނަށް ހާއްސަކޮށް އިމާރާތްކޮށްފައިވާ ފްލެޓުތަކަށް ކުލިދެއްކުން އެއް އަހަރަށް ފަސްކޮށްދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ އާޓިފިޝަލް ބީޗުގައި އޮތް ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޑރ.މުއިއްޒު ވިދާޅުވީ ސަރުކާރުން ވަނީ ފުލުހުންނާ ސިފައިންނާއި މެދު އިހާނަތިކޮށް ކަންތައްކޮށްފައި ކަމަށާއި, ހުރިހާ ކަމެއްގައިވެސް ސިފައިންނާ ފުލުހުންނަށް އަޅާލުން އިސްކުރަން ޖެހޭކަމަށެވެ. ސަރުކާރުގެ އިހާނެތި ކަމުގެ މިސާލެއްގެ ގޮތުން ޑރ.މުއިއްޒު ދެއްކެވީ ސަރުކާރުގެ ފުރަތަމަ 100 ދުވަސް ތެރޭގައި ނިންމަން ވައުދުވި ސިފައިންނާ ފުލުހުންގެ ފްލެޓުތައް ނުނިމި ދިގުލައިގެން ދިޔުމެވެ.

އަދި މިހާރު އެތަންތަނުގެ އަގު, ކުރިން ދޭން ނިންމި އަގަށްވުރެ ބޮޑުކޮށްފައިވާކަން މުއިއްޒު ފާހަގަކުރެއްވިއެވެ. އެހެން ކަމުން އެކަމަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ކުލި ދެއްކުން 1 އަހަރަށް ފަސްކުރާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ޑރ.މުއިއްޒު ވަނީ ފުލުހުންނާ ސިފައިންގެ މުސާރަވެސް ބޮޑުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

"އިސްކަންދޭ ކަމެއްގެ ގޮތުގައި އަޅުގަނޑުމެންގެ ސަރުކާރެއްގައި އޮންނާނީ ގައުމީ ވިސްނުން. މި ގައުމުގެ ފަހުރަކީ ސިފައިންނާއި ފުލުހުން. އެ ދެ މުއައްސަސާގެ ހުރިހާ ބޭފުޅުންނަކީ އަބުރުވެރި އުޅުމެއް އުޅޭ ބޭފުޅުން ކަމަށް އަޅުގަނޑުމެންގެ ސަރުކާރެއްގައި ޔަގީންކޮށްދޭނަން." ޑރ.މުއިއްޒު ވިދާޅުވިއެވެ.


އަދި ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލު ގެއްލޭގޮތަށް ސަރުކާރުން ކުރަމުންދާ އަމަލުތަކާ މެދު ސިފައިންނާ ފުލުހުން ތިބީ ވަރަށް ކަންބޮޑުވެފައި ކަމަށާއި އެކަމުގައި މަޖުބޫރުން ބައިވެރިކޮށްގެން އުޅެނީ ސިފައިންގެތެރެއިން މަދު ބައެއް ކަމަށް ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ