Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހުކުރު ޚުތުބާ

މީހުން މެރުމަށްވުރެ ފިތުނަވެރިކަމުގެ ނުބައިކަން ބޮޑު: ހުތުބާ

ދޮގު ހަބަރުތަކާއި ދޮގު ވާހަކަ ފެތުރުމުގެ ނުބައިކަން މީހަކު މެރުމަށްވުރެ ވެސް ބޮޑު ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.
"ދޮގު ވާހަކަދެއްކުމާއި ދޮގު ހަބަރު ފެތުރުމުގެ ނުބައިކަން" މި މައުޟޫއަށް ހާއްސަކޮށްގެން މިއަދު ދިން ހުތުބާގައި ބުނީ އެ ދެ ކަމުގައި ހިމެނޭ ބިރުވެރިކަމުން މާތް ﷲ ދޮގުހެދުން ހަރާމް ކުރައްވާފައިވާ ކަމަށެވެ. އަދި ޘާބިތު ނުހިފޭ ޔޯލަ ވާހަކަ ދެއްކުން ވެސް ވަނީ ހަރާމް ކުރައްވާފަ އެވެ.
ހުތުބާގައި ބުނި ގޮތުގައި ދޮގުހެދުމުގައި ދެމިހުރެއްގެ މީހާ ﷲ ގެ ހަޟްރަތުގައި ދޮގުވެރިޔެއް ކަމުގައި ލިޔެވޭހުއްޓެވެ.
"ދޮގު ހަބަރުތަކާއި ދޮގު ވާހަކަތައް ފެތުރުމަކީ މީސްތަކުންނަށް ހައްގު އޮޅުވާލާ ކަމެކެވެ. މީސްތަކުން ހަމަ މަގުން އެއްކިބާ ކުރުވާނެ އަމަލެކެވެ،" ހުތުބާގައި ބުނެފައިވެ އެވެ.
"އެކަމުގެ ނުބައިކަން މީހުން މެރުމަށްވެސް ބޮޑެވެ. އެކަމުގެ ސަބަބުން މީސްތަކުންގެ މެދުގައި ފިތުނަވެރިކަން އުފެދޭތީ އެވެ."
ޤަތުލުކުރުމަށްވުރެ ވެސް ފިތުނަވެރިކަމުގެ ނުބައިކަން ބޮޑުކަމަށް މާތް ﷲ ވަހީކުރައްވާފައިވާ ކަމަށް ވެސް ހުތުބާގައި ބުންޏެވެ.
އޭގެ ސަބަބަކީ ހުތުބާގައި ބުނި ގޮތުގައި ޤަތުލުގެ ސަބަބުން ގެއްލުން ލިބޭނީ ހަމައެކަނި އެ ފަރުދަށް ނުވަތަ އާއިލާއަށް ކަމަށް ވެފައި ފިތުނައިގެ ސަބަބުން މުޅި މުޖްތަމައުއަށް ގެއްލުން ލިބޭނެތީ އެވެ.
"ދޮގު ހަބަރު ފަތުތާ މީހަކީ މުޖްތަމައުގައި ހިމެނޭ ވިހަ ގުނަވަނެކެވެ،" ހުތުބާގައި ބުނެފައިވެ އެވެ.
ހުތުބާގައި ބުނި ގޮތުގައި މުސްލިމުންގެ ސިއްރުތައް ބޭޒާރުކޮށް، އެމީހުންގެ އަބުރު ނަގައިލުމަކީ އިސްލާމްދީން ހަރާމްކުރައްވާފައިވާ ކަމެއް ކަމެކެވެ. އޭގެ ސަބަބުން މުޖްތަމައު ހަލާކުވެ، މީސްތަކުންގެ މެދުގައި ފަސާދަ އާންމުވެދާނެތީ އެވެ.
މި ލިއުމާއި ގުޅޭ