ހޯމް މިނިސްޓަރު އިމްރާންގެ ބަރަހަނާ ވީޑިއޯއެއް އުޅޭކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ވިދާޅުވެފައިވާ ޓުވީޓެއް އާންމުވެއްޖެއެވެ.
އަދާލަތު ޕާޓީން 2013 ވަނަ އަހަރު ޕީޕީއެމްއާއި ކޯލިޝަން ހަދާނެކަމުގެ ޔަގީންކަން ދިނުމާއި ގުޅޭ ހަބަރަކަށް ކުރެއްވި ރިޕްލައިއެއްގައި ފަޒުނާ ވިދާޅުވެފައިވަނީ އެއީ ހައިރާންވާން ޖެހޭ ކަމެއް ނޫން ކަމަށެވެ.
ސަބަބަކީ އެ ނޫނިއްޔާ ވާނެ ގެއްލުން ވަރަށް ބޮޑު ކަމަށެވެ. މިގޮތުން 3 ކަމެއް ފާހަގަކުރެއްވިއެވެ. އެއީ ބަޣާވާތާއި, ޝެއިހް އިމްރާންގެ އޮރިޔާން ވީޑިއޯގެ މައްސަލައާއި އަފްރަޝީމްގެ މަރުގެ މައްސަލައިގެ ސަބަބުން ކަމަށް ފަޒުނާ ވިދާޅުވެފައިވެއެވެ.
މިއީ އިމްރާންގެ ކޮން އޮރިޔާން ވީޑިއޯއެއް ކަމެއް ސާފެއް ނުވެއެވެ. އެހެން ނަމަވެސް 2014 ވަނަ އަހަރު ތެރޭ އިމްރާން މާލޭގެ އެޕާޓްމެންޓެއްގައި ހިލޭ އަންހެނަކާއި އެކަހެރިކޮށް ބައްދަލުކުރާކަން އެނގިގެން އޭރުގެ ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ފުލުހުންނަށް އަންގައިގެން އިމްރާންގެ ބަރަހަނާ ވީޑިއޯތަކެއް ނަގަން މަސައްކަތްކޮށްފައިވެއެވެ.
ފަޒްނާ މީގެކުރިން ކޮށްފައިވާ އެކި ޓުވީޓުތައް ގިނަ ބަޔަކު މިހާރު އަންނަނީ އަލުން ތިލަކުރަމުންނެވެ. ސިޔާސީ ކަންކަމާއި ދުރުގައި ހުންނަވާނެ ކަމަށް ވިދާޅުވި ނަމަވެސް ފަޒުނާ މިހާރު ވަނީ ރައީސް އިބްރާހީމްގެ ކެމްޕެއިނަށް ދޮރުން ދޮރަށް ހިންގަވަން ފައްޓަވާފައެވެ.