Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

ފޮނަދޫއިން އިތުރު ވޯޓު ހޯދަން މިއަދު 15 މީހަކަށް ވަޒީފާ ދީފި

ލ.ފޮނަދޫއިން މިއަދު އެކަނި 15 އެއްހާ ވަޒީފާ ސަރުކާރުގެ އެކި ކުންފުނިތަކުން ދީފިއެވެ.

މިކަން ހާމަކޮށްފައިވަނީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ. ސިރާޖު ވިދާޅުވި ގޮތުގައި މިއަދު އެކަނި 15 މީހުންނަށް ވަނީ ވަޒީފާދީފައެވެ. އަދި އެމީހުންނަށް ސިރާޖު މަރުހަބާ ވިދާޅުވިއެވެ.

އަދި މިކަމާ ގުޅިގެން ސިރާޖު ވިދާޅުވީ ފުރަތަމަ ބުރުގައި ފުރަތަމަ ބުރުގައި ރައީސް އިބްރާހީމަށް ފޮނަދޫއިން 22 އިންސައްތަ ލިބުނު ނަމަވެސް ދެވަނަ ބުރުގައި އެ އިންސައްތަ އެއަށްވުރެވެސް ދަށްކުރާނެ ކަމަށެވެ.

އިންތިހާބުގެ ފުރުތަމަ ބުރުން ބަލިވުމުން ސަރުކާރުން ދަނީ ދެވަނަ ބުރުގައި އިތުރަށް ވޯޓު ހޯދަން ގިނަގުނަ ކަންތައްތައް ކުރަމުންނެވެ. މިގޮތުންް އާ ވަޒީފާތަކަށް މީހުން ނެގުމާއި ސިފައިންނާ ފުލުހުންނަށް ޕްރޮމޯޝަން ދިނުމާއި ފައިސާ ބެހުންފަދަ ގިނަގުނަ ކަންކަން ދަނީ ކުރަމުންނެވެ.

މި ލިއުމާއި ގުޅޭ