Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެފްރިކާ

ނައިޖާގެ ޖުންޓާއިން ހިފަހައްޓާފައިވާ ފްރާންސްގެ އޮފިޝަލަކު ފަސް ދުވަހަށްފަހު ދޫކޮށްލައިފި

މިދިޔަ ހަފުތާގައި ނައިޖަރުގައި ހައްޔަރުކުރި ފްރާންސްގެ އޮފިޝަލަކު ހައްޔަރު ކުރިތާ ފަސް ދުވަސްފަހުން ދޫކޮށްލާފައިވާ ކަމަށް ފްރާންސް ސަރުކާރުން ބުނެފި އެވެ.
މި ހައްޔަރުގެ ސަބަބުން ފްރާންސާއި ނައިޖާއާ ދެމެދު ނުތަނަވަސްކަން އުފެދުނު އިރު، މިދިޔަ މަހު އަސްކަރީ އޮފިސަރުން ވަނީ އިންތިހާބީ ރައީސަކު މަގާމުން ދުރުކޮށް ފްރާންސްގެ އޮފިޝަލުން އެގައުމުން ދިއުމަށް އަންގާފަ އެވެ.
ފްރާންސްގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރަންސޭސި ރައްޔިތުންގެ ކައުންސެލަރު ސްޓެފަން ޖުލިއަން ހައްޔަރުކުރިތާ ފަސް ދުވަސް ފަހުން ބުދަ ދުވަހު ދޫކޮށްލާފައިވާ ކަމަށެވެ.
ނަމަވެސް އޭނާ ދޫކޮށްލުމާ ބެހޭ ތަފްސީލެއް އަދި އޭނާ ހައްޔަރުކުރި ސަބަބާ ބެހޭ ތަފްސީލެއް ނުދެ އެވެ. ފަރަންސޭސި ވިލާތުގެ ސަރުކާރުން ވަނީ އޭނާ މިނިވަން ކުރުމަށް ގޮވާލާފައެވެ.
ނައިޖަރުގެ އަސްކަރީ އޮފިސަރުން ވަނީ މިދިޔަ ޖުލައި މަހު އިންތިހާބުވި ރައީސް މުހައްމަދު ބަޒޫމް ވެރިކަމުން ވައްޓާލައި ހިފަހައްޓައި ފަރަންސޭސި ސަފީރަށް ގައުމު ދޫކޮށް ދިއުމަށް މިދިޔަ މަހު އަމުރުކޮށްފަ އެވެ.
ނައިޖާގެ ކުރީގެ އިސްތިއުމާރީ ވެރިކަން ކުރި ފަރަންސޭސިވިލާތުން ވަނީ ޖުންޓާއަކީ އެ ގައުމުގެ ގާނޫނީ ބާރެއް ނޫން ކަމަށް ބުނެ އެ އަމުރަށް ބޯލަނބަން ދެކޮޅު ހަދާފަ އެވެ.
ފަރަންސޭސި ވިލާތުގެ ސަފީރު ސިލްވެއިން އިއްޓޭ ނައިޖަރު ދޫކޮށް ވަޑައިގަތުމަށް އެންގީ ނައިޖަރުގެ ޚާރިޖީ ވުޒާރާއިން ފޮނުވި ސިޓީއެއްގައި އެ މިނިސްޓްރީއާ އެކު ބައްދަލުވުމެއް ބޭއްވުމަށް ދިން ދައުވަތަށް ދެކޮޅު ހަދާފައިވާ ކަމަށް ބުނެ އެވެ.
އެ ސިޓީގައި ވަނީ "ނައިޖަރުގެ މަސްލަހަތާ ހިލާފަށް ފަރަންސޭސި ސަރުކާރުން ހިންގާ އަމަލުތައް" ފާހަގަކޮށްފަ އެވެ.
އިސްލާމީ ހަރުކަށި ފިކުރުގެ މީހުންނާ ދެކޮޅަށް ހަނގުރާމަކުރުމަށް ފަރަންސޭސި ސިފައިންގެ 1500 އެއްހާ ސިފައިން ނައިޖަރުގައި އެބަތިއްބެވެ.
ނަމަވެސް ބަޣާވާތަށް ފަހު އަސްކަރީ އެއްބާރުލުން މެދުކަނޑާލާފައިވާއިރު، ބަޒޫމްގެ ސަރުކާރުން ބަޣާވާތުން ގައުމު ސަލާމަތް ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށް އެ ގައުމުގެ ލީޑަރުން ވަނީ ބުނެފަ އެވެ.
ޖުންޓާއަށް މިހާރު ވަނީ ހުޅަނގާއި ސަރަހައްދީ އެފްރިކާގެ ބާރުތަކުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.
މި ލިއުމާއި ގުޅޭ