Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމެރިކާ

އެމެރިކާއިން މިސްރަށް ދޭން ނިންމާފައިވާ 85 މިލިއަން ޑޮލަރުގެ އެހީ ހިފަހައްޓަން ނިންމައިފި

ވޮޝިންޓަން (ސެޕްޓެމްބަރު 14) - ސިޔާސީ ގައިދީން މިނިވަން ކުރުމަށާއި އެހެނިހެން ކަންކަމުގައި ގާހިރާއިން އެމެރިކާގެ ޝަރުތުތަކަށް ބޯ ނުލަނބާތީ އެމެރިކާއިން މިސްރަށް ދޭން ކަޑައަޅާފައިވާ 85 މިލިއަން ޑޮލަރުގެ އަސްކަރީ އެހީ ހިފަހައްޓަން ނިންމާފައިވާ ކަމަށް ރޮއިޓާސް އާއި އެމެރިކާގެ ސެނެޓަރަކަށް ލިބުނު ކޮންގްރެސްގެ އިއުލާނެއްގައި ބުނެފި އެވެ.
ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ ސެނެޓަރު ކްރިސް މާފީ ވަނީ އެމެރިކާ ސަރުކާރުގެ އެނިންމުން ކަށަވަރު ކޮށްދިފައެވެ. އަދި އިތުރު 235 މިލިއަން ޑޮލަރު ހިފެހެއްޓުމަށް ބައިޑަންގެ ސަރުކާރަށް ގޮވާލައްވާފައި ވާއިރު، އެ ފައިސާއާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ބެލެވޭ ކަމަށް އެ ކަމާ ގުޅުން ހުރި އިތުރު ދެ ފަރާތަކުން ވަނީ ބުނެފަ އެވެ.
ސެނެޓްފްލޯގައި މަރްފީ ދެއްކެވި ވާހަކަތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ވިދާޅުވީ، އެފައިސާ ހިފެއްޓުމަށް ފައިނަލް ކުރާއިރު ކޮންގްރެސްއާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ހިފަހައްޓާފައި ހުރި 85 މިލިއަން ޑޮލަރުގެ ތެރެއިން 55 މިލިއަން ޑޮލަރު ޓައިވާނަށް އަދި ބާކީ 30 މިލިއަން ޑޮލަރު ލުބުނާނަށް ރީޑައިރެކްޓް ކުރާނެ ކަމަށް ފޮރިން ޑިޕާޓްމަންޓުން ބޭރުގެ އަސްކަރީ ފައިނޭންސިންގްއާ ބެހޭ ގޮތުން ކޮންގްރެސްގެ ކޮމިޓީތަކަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން ވޮޝިންޓަންގައި ހުންނަ މިސްރުގެ އެމްބަސީން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

"ސިޔާސީ ގައިދީން ދޫކޮށްލުމާ ގުޅިފައިވާ 85 މިލިއަން ޑޮލަރުގެ ފުރަތަމަ ބައި ހިފަހައްޓަން ސަރުކާރުން ނިންމީ އެކަށީގެންވާ ކުރިއެރުމެއް ލިބިފައި ނުވާތީ،" ސެނެޓާ މަރްފީ ވިދާޅުވި އެވެ.
"އަޅުގަނޑު ސަރުކާރަށް އިލްތިމާސް ކުރާނަން އެ މަސައްކަތް ނިންމައި، މުޅި 320 މިލިއަން ޑޮލަރު ހިފަހައްޓަން... މިސްރުގެ އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ރެކޯޑް ރަނގަޅުވަންދެން،" އޭނާ ވިދާޅުވި އެވެ.
ރައީސް އަބްދުލް ފައްތާހު އަލް ސީސީގެ ވެރިކަމުގައި މިސްރުން އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ބޮޑެތި އަމަލުތައް ހިންގަމުންދާ ކަމަށާއި އޭގެ ތެރޭގައި އަނިޔާ ކުރުމާއި ގެއްލުވާލާފައިވާ މީހުން ހިމެނޭ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން އަންނަނީ ޒަމާނުއްސުރެ ތުހުމަތު ކުރަމުންނެވެ.
އިންސާނީ ހައްގުތަކުގެ ސްޓްރެޓެޖީއެއް ތައާރަފްކުރުމާއި ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުން ފަދަ ހައްގުތަކަށް ހައްލެއް ހޯދުމުގެ އަމާޒެއް ކަމަށް މިސްރުގެ ކަމާބެހޭ ފަރާތްތަކުން 2021 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ބައެއް ފިޔަވަޅުތައް އަޅަމުން ދިޔަ ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ވަނީ އެ ފިޔަވަޅުތަކަކީ ވަރަށް ބޮޑަށް ކޮސްމެޓިކް ފިޔަވަޅުތަކެއް ކަމަށް ބުނެ ދޮގުކޮށްފަ އެވެ.
މި ލިއުމާއި ގުޅޭ