Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.މުއިއްޒު

ރަށުގައި ވަޒީފާ އަދާ ކުރަމުންދާ މީހުން އެހެންރަށެއްގެ ވަޒީފާއަށް ބަދަލު ނުކުރާނަން: ޑރ. މުއިއްޒު

ވެރިކަން ލިބިވަޑައިގެން ކުންފުނިތައް ރީސްޓްރަކްޗަރ ކުރުމުގެ ތެރެއިން މާ ޚަރަދު ބޮޑުކޮށް ކަންކަން ކޮށްފައިވާ ކުންފުނިތަކުން އެހެން ކުންފުންޏަކަށް ވަޒީފާ ބަދަލު ވިޔަސް އެމީހެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށާއި އަދި އަމިއްލަ ރަށުގައި ވަޒީފާ އަދާ ކުރާމީހުން އެހެން ރަށްރަށަށް ބަދަލު ނުކުރައްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިރޭ މާލޭގައި ބޭއްވި ކެމްޕެއިން އިވެންޓެއްގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ ބޮލަށް ވައްދަމުންދާ އެންމެ ބިރުވެރި ވާހަކަ އަކީ އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގެންފި ނަމަ މިހާރު ލިބިފައިވާ ގޯއްޗާއި ފްލެޓް އަދި ވަޒީފާ އަތުލާނެ ވާހަކަ ކަމަށެވެ. މިއަދު އެމަނިކުފާނާއި ބައްދަލުވި ގިނަ ބަޔަކުވެސް އެކަމާ ސުވާލު ކުރައްވާފައިވާ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ނަމަވެސް އެއްވެސް ހައްގުން ވިޔަސް އަދި ނުހައްގުން ވިޔަސް ދީފައިވާ އެއްވެސް އެއްޗެއް އެއްވެސް މީހެއްގެ އަތުން އަތުލައްވާނެ މީހަކަށް އެމަނިކުފާނު ނުވާނެ ކަމަށް މިރޭވެސް ތަކުރާރުކޮށް ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވިދާޅުވީ މި ސަރުކާރުން ވޯޓާ ގާތްވުމުން ގިނަ ބަޔަކަށް ވުޖޫދުގައި ނެތް ފުލެޓާއި ކުންފުނި ތަކުގަ ހުރި ވަޒީފާތަކަށް ވުރެ އިތުރަށް ވަޒީފާ ދިންކަމުގެ ލިޔުން ދެމުން ގެންދާ ކަމަށެވެ. އެފަދަ މީހުންގެ ވެސް ވަޒީފާ ނުގެއްލޭނެ ކަމަށާއި، އަދި ވޯޓަށް ފަހު ވަޒީފާއިން ވަކި ކޮށްފިނަމަ ވަޒީފާ އަނބުރާ އިޔާދަ ކުރައްވާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ކުންފުނިތައް ރީސްޓްރަކްޗަރ ކުރުމުގެ ތެރެއިން މާ ޚަރަދު ބޮޑުކޮށް ކަންކަން ކޮށްފައިވާ ކުންފުނިތަކުން އެހެން ކުންފުންޏަކަށް ވަޒީފާ ބަދަލު ވިޔަސް އެމީހަކު ހުރި ރަށެއްގައި ހުރެގެން ވަޒީފާ އަދާކުރެވޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ