Sunday 23rd Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ތުރުކީ

ހުޅަނގު ދެކުނު ތުރުކީއިން ނުވަ މިލިއަން އަހަރުވީ ފޮސިލްތަކެއް ފެނިއްޖެ

ހުޅަނގު ދެކުނު ތުރުކިޔޭގެ ސައިންސްވެރިން މީގެ ނުވަ މިލިއަން އަހަރު ކުރީގެ ޖަނަވާރުގެ ފޮސިލްތައް ފެނިފައިވާކަމަށް އިއުލާން ކޮށްފިއެވެ.
ޑެނިޒްލީ ޕްރޮވިންސްގެ ޓަވާސްގައި ހުންނަ ޕެލިއޯއެންތްރޮޕޮލޮޖިސްޓުންނާއި ޕެލިއޯންޓޮލޮޖިސްޓުންނާއި ޖިއޮލޮޖިސްޓުންގެ ގްރޫޕަކުން ކުރި ދިރާސާއެއްގެ ތެރެއިން މި ކަން ވަނީ ކަށަވަރު ކުރެވިފަ އެވެ.
ޑެނިޒްލީގެ ޕަމުއްކަލޭ ޔުނިވާސިޓީގެ އެންތުރޮޕޮލޮޖީ ޕްރޮފެސަރެއް ކަމަށްވާ އަހްމަތު އިހުސާން އައިޓެކް ވިދާޅުވީ 2017 ވަނަ އަހަރުން ފެށިގެން ކުރި ދިރާސާތަކުން ގިނަ ޖަނަވާރުންގެ ފޮސިލްތަކެއް ފެނިފައިވާ ކަމަށެވެ.
"މި އަހަރު ފެލިޑޭ އާއިލާގެ ބާވަތެއްގެ ފޮސިލްތައް ފެނުނު" - އަދި "ޕޯރކިއުޕައިން، އާއި ދޫންޏެއް،"ގެ ފޮސިލްތަކެއް ވަނީ ފެނިފައި" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ދޫނިތަކުގެ ކަށިތަކަކީ ވަރަށް ނާޒުކު ކަށިތަކެއް ކަމަށާއި އެހެންކަމުން ޖިސްމާނީ އޮނިގަނޑުގެ ބަލިކަށި ކަމުގެ ސަބަބުން ފޮސިލައިޒޭޝަން ދެނެގަންނަން ވަރަށް އުނދަގޫވިއެވެ.
"ގާތްގަނޑަކަށް 7-9 މިލިއަން އަހަރާ ދެމެދުގެ ތާރީހެއްގައި އެނަޓޯލިއާގައި އުޅެފައިވާ ދޫނީގެ ކަށިތަކުގެ ސެޓެއް އެބަހުރި،" އައިޓެކް ވިދާޅުވި އެވެ.
އަދި ކެމިކަލް އަދި ޖިއޮލޮޖިކަލް އެނަލިސިސް މެދުވެރިކޮށް ފޮސިލްތަކުގެ އުމުރުގެ ރޭންޖް ދެނެގަނެވިއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި މި ދިރާސާގެ ސަބަބުން ޖަނަވާރުންގެ ހިޖުރަކުރުމުގެ ހަރަކާތްތަކާ ބެހޭ ގޮތުން ވެސް މައުލޫމާތު ލިބިގެންދާނެ ކަމަށާއި ޖަރުމަނުގެ ޓިއުބިންގެން ޔުނިވާސިޓީ އޮފް އެބާހާޑް ކާލްސް ޔުނިވާސިޓީއާ ގުޅިގެން ޕްރޮޖެކްޓެއް އެކުލަވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިފަދަ ތާރީޚީ އަދި ގިނަދުވަސްވީ އާސާރީ ތަރިކަ ތަކާއި، ފޮސިލްތައް އާކިއޮލޮޖިސްޓުން މީގެ ކުރިންވެސް ދުނިޔޭގެ އެކިހިސާބުތަކުން ވަނީ ހޯދާފައެވެ. އެފަދަ ތަކެތި ބޭނުންކޮށްގެން ބޮޑެތި ދިރާސާތައް އެފަދަ ބޭފުޅުން އަންނަނީ ހަދަމުންނެވެ.

މި ލިއުމާއި ގުޅޭ