Saturday 13th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަލަސްތީން

ތޫފާން ޑެނިއަލްގެ ސަބަބުން ލީބިޔާގައި ފެންބޮޑުވެ ފަލަސްތީނުގެ 12 މީހަކު ޝަހީދުވެއްޖެ

ލީބިޔާގެ އިރުމަތީ އައްސޭރިފަށުގައި ވާ ޑެރްނާ ސިޓީއަށް ތޫފާން ޑެނިއަލް އެރިއިރު، އެ ސިޓީއަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ސަބަބުން ފަލަސްތީނުގެ 12 މީހަކު ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ވުޒާރާއަކުން ބުނެފިއެވެ.
ފަލަސްތީނުގެ ޚާރިޖީ ވުޒާރާއިން ނިއު އަރަބްއަށް ފޮނުވި ނޫސް ބަޔާނެއްގައި ބުނެފައިވަނީ މަރުވި މީހުންގެ ތެރެއިން އަށް މީހުންނަކީ އެއް އާއިލާއަކަށް ނިސްބަތްވާ މީހުން ކަމަށެވެ.
އަދި އެ ސަރަހައްދުގެ ހާލަތާ ގުޅޭ ގޮތުން ލީބިޔާގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ތޫފާން ޑެނިއަލް ސަބަބުން މެޑިޓެރޭނިއަން ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ލީބިޔާގެ އިރުމަތީ ސަރަޙައްދަށް ސެޕްޓެމްބަރު މަހުގެ 10 ވީ އާދީއްތަ ދުވަހު މި ތޫފާން ފޯރިއިރު، ޑޭމްތައް ފަޅައިގެން ގޮސް، އެ ޤައުމުގެ މަގުތަކުގައިވާ އަވަށްތައް ހަލާކުވެ، ނުރައްކާތެރި ފެންބޮޑުވުމެއް ވަނީ ކުރިމަތިވެފައެވެ.
ލީބިޔާގެ އޮފިޝަލުން ވިދާޅުވީ ލީބިޔާގައި ފެންބޮޑުވުމުގެ ސަބަބުން 2،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށާއި އަދި އިތުރު 10،000 މީހުން ގެއްލިފައިވާ ކަމަށެވެ.
މި ލިއުމާއި ގުޅޭ