Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަސްތުވާތަކެތި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި ވަގަށް ނަގައިފި

ނ. މާފަރު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި ވަގަށް ނަގައިފިއެވެ.

ދުވަހު ނޫސް "ވަގުތު"ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މި މަސްތުވާތަކެއްޗަކީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެރަށަށް ދިޔަ ބޯޓަކުން އަތުލައިގަތް މަސްތުވާތަކެއްޗެވެ. އެރަށަށް އާންމުކޮށް ދަތުރު ކުރާ މި ބޯޓުން މަސްތުވާތަކެތި އަތުލައިގަތްއިރު، އެ ތަކެތި ބަަހައްޓާފައި ހުރި މާފަރު ޕޮލިސް ސްޓޭޝަންގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ކަމަށް އެނޫހުގައި ބުނެފައިވަނީ، އެރަށު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެތި އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ ވަގަށް ނަގާފައިވާ މައްސަަލައެއް ފުލުހުން ބަލަމުންދާ ކަމަށެވެ.

އަދި ވަގަށް ނަގަފައިވާ ތަކެތީގެ ތެރޭގައި މަސްތުވާތަކެއްޗާއި ބަނގުރާ ފުޅިއެއް ހިމެނޭ ކަމަށް އޮފިޝަލް ވިދާޅުވި ކަމަށް ވެސް "ވަގުތު" ނޫހުގައި ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ހިދުމަތުގެ ޕްރޮފެޝަނަލް ސްޓޭންޑާރޑްސް ކޮމާޑުން ގެންދަނީ އިންޓާނަލް ތަހުގީގެއް ހިންގަމުންކަމަށް ވެސް ބުނެފައިވެއެވެ.

މީގެ ކުރިން ވެސް ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ މަސްތުވާތަކެތި ގެއްލިގެން ރިޕޯޓް ކޮށްފައި އެބަހުއްޓެވެ.

މި ލިއުމާއި ގުޅޭ