Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސިއްހީ މަސައްކަތްތެރިން

ޓޭކް ހޯމް ޕޭ އިތުރެއްނުވި: 400 އެއްހާ އިދާރީ އަދި ސަޕޯޓް މުވައްޒަފުންގެ ޕެޓިޝަނެއް

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް އާއި ވިލިމަލޭ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ އިދާރީ އަދި ސަޕޯޓް މުވައްޒަފުން ވެސް މުސާރައިގެ މައްސަލައިގައި ރައީސް އޮފީހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
ތިންސަތޭކަ ސާޅީސް އެއް މުވައްޒަފަކު ސޮއިކޮށް ރައީސް އޮފީހަށް ފޮނުވި ޕެޓިޝަނުގައި ބުނެފައިވަނީ މެއި 1، 2023 ގައި ދައުލަތުން ފެށި ޕޭހާމަނައިޒޭޝަންގެ ދަށުން ސިއްހީ ދާއިރާގެ މުސާރައަށް ކުރިއެރުން ލިބުނީ އެ ދާއިރާގެ ޖޮބް މެޓްރިކްސްތައް ހެދިފައިވާ ފަންނީ މުވައްޒަފުންނަށް އެކަނި ކަމަށެވެ.
އެހެންކަމުން އެ ޖޮބް މެޓްރިކްސްތަކުގެ ތެރެއިން ސިއްހީ ދާއިރާގެ ބައެއް މުވައްޒަފުންގެ ޕޭ ސްކޭލް ރަނގަޅުވެގެން ދިޔައިރު، އިދާރީ އަދި ސަޕޯޓް މުވައްޒަފުންގެ ޕޭ ފްރޭމްވޯކްގެ ތެރެއިން މުސާރައާއި ދާއިރާގައި ކުރިއަށް ދެވޭނެ މަގު ތަނަސްވެފައި ނެތްކަމަށް ޕެޓިޝަންގައި ބުންޏެވެ.
ދައުލަތުގެ ޕޭ ފްރޭމްވޯކްގައި ނުހިމެނޭ ސިއްހީ ދާއިރާގައި މަސައްކަތްކުރަމުން ގެންދާ މުވައްޒަފުންނަށް މެއި އެކަކުން ފެށިގެން މުސާރައިގެ %35 އިނާޔަތެއް ދެއްވާނެ ކަމަށް ކަނޑައެޅުމަކީ ދާއިރާގެ ބައެއް މުވައްޒަފުންނަށް ލިބުނު ހިތްހަމަޖެހުމެއް ނަމަވެސް، ސަޕޯޓް ސްޓާފު ގިންތީގެ މުވައްޒަފުންނަށް އެ ލިބެންފެށި އެލެވެންސާއެކު އެ ފަރާތްތަކަށް ކުރިން ލިބެމުންދިޔަ މިނިމަމް ވޭކް އެލަވެންސް އުނިވި ކަމަށް ޕެޓިޝަންގައި ބުންޏެވެ.
".. މިނިމަމް ވޭޖް އެލެވެންސް އުނިވެގެންދާތީ، ހަގީގަތުގައި އަލަށް ލިބެންފެށި އެލަވެންސްގެ ސަބަބުން މި [ސަޕޯޓް] މުވައްޒަފުންނަށް ޖުމްލަ ގެޔަށް ގެންދަން ލިބޭ އާމްދަނީ އިތުރުގެން ނުދާނެކަން ފާހަގަކުރަމެވެ،" ޕެޓިޝަނުގައި ބުނެފައިވެ އެވެ.
އިދާރީ އަދި ސަޕޯޓް މުވައްޒަފުންނަކީ މަސައްކަތުގެ ރަސްމީ ހަ ގަޑީގެ އިތުރުންވެސް ހިދުމަތް ދިނުމުގައި ގިނަ ވަގުތު އުޅެންޖެހޭ ބައެއްކަން ފާހަގަކޮށް އެ މުވައްޒަފުން ބުނީ ރަސްމީ މަސައްކަތުގެ އިތުރުން މަސައްކަތްކުރާ ވަގުތުތަކުގައި މީގެ ކުރިން އެކަމަށް ކަނޑައެޅިފައިވާ އުޖޫރާ [އޯޓީ] ލިބޭ ކަމަށެވެ.
އެކަމަކު މެއި މަހުން ފެށިގެން ދޭން ނިންމި %35 އިނާޔަތަކީ ސްޕެޝަލް އެލަވަންސް ޑިއުޓީގެ އެލަވަންސްގެ ގޮތުގައި ކަނޑައަޅައިފިނަމަ ރަސްމީގަޑީގެ އިތުރަށް މަސައްކަތްކުރާ ވަގުތުތަކަށް ހައްގު އުޖޫރަ ނުލިބިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށެވެ.
"މިގޮތަށް މި ދެންނެވުނު ގޮތަށް ކަނޑައަޅައިފިނަމަ، މަސައްކަތުގެ ވަގުތުގެ އިތުރަށް، ހިދުމަތުގައި ހޭދަކުރާ ފުރަތަމަ 44 ގަޑިއިރަށް އަޅުގަނޑުމެންނަށް ހައްގުވާ އުޖޫރަ ނުލިބޭނެކަން ހިތާމައާއެކު ދަންނަވަމެވެ،" ޕެޓިޝަނުގައި ބުނެފައިވެ އެވެ.
"އަދި މިކަމުގެ ސަބަބުން، 1 މެއި 2023 އިން ފެށިގެން ގެނެވުނު ބަދަލާއެލު އަޅުގަނޑުމެންގެ ތެރެއިން މުވައްޒަފުންތަކަކަށް ޖުމްލަ ގެއަށް ގެންދަން ލިބޭ އުޖޫރަ އިތުރުވެގެން ނުދާނެކަން ފާހަގަކުރަމެވެ."
ސިއްހީ ދާއިރާގެ އިދާރީ އަދި ސަޕޯޓް މުވައްޒަފުންނަށް ފާއިތުވި 15 އަހަރު ތެރޭގައި މުސާރައިގެ އެއްވެސް ކުރިއެރުމެއް ނުލިބި ވަނިކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަޑައިގެން ކުރިއެރުން ދެއްވާނެ ކަމަށް ވިދާޅުވި ނަމަވެސް ކަންތައްތައް ތަރުތީބުވެގެން ދިޔަގޮތުން "އުފާވެރި ހަބަރުގެ ފޮނި މީރުކަން" ގިނަ މުވައްޒަފުންނަށް ނުލިބުނު ކަންވެސް ޕެޓިޝަންގައި ފާހަގަކުރި އެވެ.
އެހެންކަމުން ސިއްހީ ދާއިރާގެ އިދާރީ އަދި ސަޕޯޓް މުވައްޒަފުންގެ މުސާރަތަައް (އަސާސީ މުސާރަ) މުރާޖާކުރުމަށް އެ ޕެޓިޝަންގައި ވަނީ ގޮވާލާފަ އެވެ.
ނަރުހުންގެ އާ ޖޮބް މެޓްރިކްސްއަށް އަމަލުކުރަން ފެށުމާއެކު ފެންމަތިވި ގިނަ ކަންބޮޑުވުންތަކަކާއެކު އައިޖީއެމްއެޗްގެ 421 ނަރުހުންވެސް މިދިޔަ މަހު ރައީސް އޮފީހަށް ވަނީ ފެޓިޝަން ހުށަހަޅާފަ އެވެ.
މި ލިއުމާއި ގުޅޭ