Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ

ރާއްޖެއަށް ދަތުރުކުރަމުން އައި ބާޖަކަށް އަރައި ފިލާ ތިބި އިންޑިޔާ ބަޔަކު އަތުލައިގެންފި

އިންޑޮނޭޝިއާއިން ދިވެހިރާއްޖެއަށް ދަތުރުކުރަމުން އައި ޓަގްބޯޓެއްގެ ކަފުގައި އޮތް ބާޖެއްގައި ފިލާ ތިބި އިންޑިޔާ ބަޔަކު އަތުލައިގެންފިއެެވެ.

މިދިޔަ އާދީއްތަ ދުވަހުގެރޭ މުތާ ކޮރަލް ނަމަކަށް ކިޔާ ޓަގު ބޯޓެއްގައި ކަފު ޖަހައިގެން އައި ބާޖެއްގައި ބަޔަކު އުޅޭކަން ފާހަގަކުރެވިގެން ޓަގުބޯޓުން އެ މައްސަލަ ފުލުހަށާއި ސިފައިންނަށް ރިޕޯޓު ކުރިއެވެ. އެއާއި އެކު މެރިން ޕޮލިސް, އަދި އެމްއެންޑީއެފްގެ ކޯސްޓުގާޑާއި ސްޕެޝަލް ފޯސެސް އިން އެ ސަރަހައްދަށް ގޮސް ބާޖަށް އަރާބެލިއިރު 12 އިންޑިޔާ މީހުން އެ ބާޖުގައި ތިއްބެވެ.

ސިފައިން ބާޖަށް އެރުމުން އެމީހުން ވަނީ އެއީ މަސްވެރިން ކަމަށާއި, އެމީހުން މަސް ބޯޓު ރާއްޖޭގެ ސަރަހައްދުން 140 މޭލު ބޭރުން ރޭގަނޑުގެ ވަގުތެއްގައި އައި ކޮޅިގަނޑެއްގައި އެ ބާޖުގައި ޖެހި, ބޯޓު އަޑިއަށް ދިޔުމުން އެމީހުން ބާޖަށް އެރީކަމަށް ބުނެފައެވެ.

"ދިޔަރެސް" އަށް މައުލޫމާތު ދިން ސިފައިންގެ އިސް ފަރާތަކުން ބުނިގޮތުގައި އެމީހުންގެ ވާހަކަތައް އެއީ ހަގީގަތެއް ކަމަށް ނުބެލެވޭ ކަމަށެވެ. އަދި މިހާރު އެމީހުން ވަނީ އިތުރު ތަހުގީގަށް އިމިގްރޭޝަނާ ހަވާލުކުރެވިފައި ކަމަށެވެ.

އާދީއްތަ ދުވަހުގެރޭ ހިނގި ހާދިސާއެއް ނަމަވެސް އެމްއެންޑީއެފުން މިކަން އާންމުކޮށް ރިޕޯޓުކޮށްފައިނުވެއެވެ. މިއަދު ހެނދުނުގެ ވަގުތެއްގައި އެމްއެންޑީއެފްގެ ވެބްސައިޓަށް މި ވާހަކަ އެރުވީ ރޭ ދަންވަރުގެ ވަގުތެއްގައި "ދިޔަރެސް" އިން އެމްއެންޑީއެފާއި ސުވާލުކުރުމުންނެވެ. އާންމުގޮތެއްގައި މި ފަދަ ރެސްކިއު އޮޕަރޭޝަންތަކުގެ މައުލޫމާތު އެ ހިނގާ ދުވަހު. އެމްއެންޑީއެފުން އާންމު ކުރެއެވެ.

މި ލިއުމާއި ގުޅޭ