މާލޭގެ ހެންވޭރުގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިއަދު ހެންވޭރުގެ ލޮނުޒިޔާރަތްމާގައި، ޖަނަވަރީ ހިނގުން، ހިތިގަސްމަގު އަދި ކިނބިގަސްމަގު ހިމެނޭ ސަރަހައްދުން ކަރަންޓު ކެނޑިދާނެކަމަށެވެ.
އެ ކުންފުނިން ކަރަންޓު ކެނޑޭނެކަމަށް ލަފާ ކޮށްފައިވަނީ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރާތީއެވެ.
ސްޓެލްކޯއިން ބުނީ ހެންވޭރުގެ އެ މަގުތަކުން ކަރަންޓު ކެނޑޭނެކަމަށް އެކަށީގެންވަނީ މިއަދު މެންދުރު ފަހު 2:00 އިން ހަވީރު 4:00 އާ ދެމެދުގެ ވަގުތެއްގައިކަމަށެވެ.
އެގޮތުން އެ ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް އެކުންފުނިން ވަނީ މައާފަށްވެސް އެދިފައެވެ.