Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު މުޙައްމަދު އަސްލަމް

އިންޑިއާ ސިފައިން ރައްޖޭގައި ތިބުން، ރަނިންމޭޓް އަސްލަމް ވެސް ދިފާއުކުރައްވައިފި

އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެތިބުން ވަރިހަމަ ކަމަށް ދޭހަވާ ގޮތަށް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރަނިންމޭޓް މުހައްމަދު އަސްލަމް ވެސް ވާހަކަދައްކަވައިފި އެވެ.
މި މަހު 30 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް އެމްޑީޕީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވަހަކަދައްކަވަމުން އަސްލަމް ވިދާޅުވީ މި ޒަމާނަކީ ހަތިޔާރުތައް އެއްކޮށްގެން ގައުމެއް އަމިއްލައަށް އެގައުމުގެ ދިފާއުކުރާ ޒަމާން ނޫން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މިއީ އެއްގައުމު އަނެއް ގައުމާ އޮންނަ ގުޅުމުގެ ތެރެއިން އަސްކަރީ އަދި ސަލާމަތީ ކަންކަން ބަލަހައްޓާ ޒަމާނެވެ. އަސްލަމް އެ ރައްދު ދެއްވީ، ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ ތިބުމާ ދެކޮޅަށް އަޑު އުފުލާ ފަރާތްތަކަށެވެ.
"މި ޒަމާނަކީ މީ ހަތިޔާރުތައް އެއްކޮށްގެން އެ ގައުމެއް އެ ގައުމު ބަލަހައްޓާ ޒަމާނެއް ނޫން. މި ޒަމާނަކީ މީ އެއްގައުމު އަނެއް ގައުމާ އޮންނަ ގުޅުމެއްގެ ތެރެއިން، އަސްކަރީ ކަންކަން ވެސް އަދި ސަލާމަތީ ކަންކަން ބަލަހައްޓާ ޒަމާން،" އަސްލަމް ވިދާޅުވި އެވެ.
ރިޔައީ އިންތިހާބާ ދިމާކޮށް "ސަންގު" ޓީވީން ބޭއްވި ބަހުސްގައި ރައީސް އިބްރާހީމް ވެސް ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުން ދިފާއުކޮށް ވާހަކަދައްކަވާފަ އެވެ. އެމަނިކުފާނު ކުރިން ވިދާޅުވި ގޮތުގައި އިންޑިއާ ސިފައިންނަކީ ރާއްޖެއަށް އަސްކަރީ ތަމްރީނުތަކަކަށް އަންނަ ބައެކެވެ.
އިންޑިއާ ސިފައިންގެ މައްސަލައިގައި ގިނަ ބައެއްގެ ނުރުހުން ސަރުކާރަށް އަމާޒުވުމުން، ސަރުކާރުން ވަނީ އިންތިހާބުގެ ދެވަނަ ބުރު އައުމުގެ ކުރިން އެ މައްސަލަ ހިންދާލަން މަސައްކަތް ފަށާފަ އެވެ. އެގޮތުން ދިފާއީ ބާރުގެ އިސްވެރިން ތަކަކަށް ބިރު ދައްކައިގެން އިންޓަވިއުދިނުމަށް މަޖުބޫރުކޮށް، ރާއްޖޭގައި އަސްކަރީ ބޭނުމަށް އިންޑިއާ ސިފައިން ނެތްކަމަށް ވަނީ ބުނެފަ އެވެ.
އަދި އިންޑިއާއާއެކު މި ސަރުކާރުން ބާއްވާ ގުޅުމަކީ ރަނގަޅު ގުޅުމެއްކަން ސާބިތުކުރުމަށް ފޭކު ލިޔެކިޔުންތައް ނޫސްތަކަށް ލީކުކޮށް އެ ލިޔުންތަކަކީ ސައްހަ ލިޔުންތަކެއް ކަމުގައި ދައްކައިގެން އިންޑިއާ ސިފައިން ރާއްޖޭގައި ނެތްކަމަށާއި ހަދާފައިވާ އެއްބަސްވުންތަކަކީ ނުރައްކަލެއް ނެތް އެއްބަސްވުންތަކެއްކަމަށް ދައްކަން ސަރުކާރުން ރާވާފައިވާކަމުގެ މައުލޫމާތު އިތުބާރު ހިފޭ ގިނަ މަސްދަރުތަކުން "ދިޔަރެސް"އަށްވަނީ ކަށަވަރުވެފައެވެ.
މި ލިއުމާއި ގުޅޭ