Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޑީޕީ

ވިސާ ހޯދަން އިންޑިއާ އެމްބަސީއަށް ދާ މީހުން ވޯޓު ލަނީ ކާކަށްތޯ އޮޅުން ފިލުވަނީ!

ވިސާ ހޯދުމަށް އިންޑިއާ އެމްބަސީއަށްދާ ދިވެހިން ވޯޓު ލީ ކާކަށްތޯ އޮޅުން ފިލުވަމުންދާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ވިސާ ހޯދުމަށް އިންޑިއާ އެމްބަސީއަށް ދާ ދިވެހިން ވޯޓު ލީ ކާކަށްތޯއާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ވޯޓު ނުލާ ނަމަ ވޯޓު ނުލީ ކީއްވެތޯ އެ އެމްބަސީން އަންނަނީ އޮޅުން ފިލުވަމުންނެވެ.

މިފަދަ މައްސަލައެއް ފެންމަތިވެފައިވާއިރު ހަނިމާދޫގައި ތިބި އިންޑިއާގެ ސިފައިންގެ މީހުން މަގުތަކުގައި ދާ ބައެއް މީހުންނާ ސަޕޯޓު ކުރަނީ ކާކަށްތޯ ސުވާލުކޮށް މައުލޫމާތު އެއްކުރަމުންދާ ކަމަށް އިއްޔެ ވަނީ މައުލޫމާތު ލިބިފައެވެ.

މީގެ އިތުރުން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުން ރައީސް އިބްރާހިމް ބަލިވުމާއި ގުޅިގެން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އިންޑިއާ ސަފީރު މުނޫ މަހާވަރު ވަރަށް ބޮޑަށް ކޯފާވެ ހުންނަވައި ރިޔާސީ ގަނޑުވަރު މުލިއާގޭގައި އެމަނިކުފާނާ ބައްދަލުކުރައްވާފައިވާއިރު ސަރުކާރުގެ ބައެއް ވަޒީރުންނާ ހޮޓެލް ޖެންގައި ވެސް އިންޑިއާ ސަފީރު ވަނީ ބައްދަލުކުރައްވާފައެވެ.

އަދި ރޭގެ ވަގުތެއްގައި ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމްއެންޕީގެ ލީޑަރު ނާޒިމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާވެސް އިންޑިއާ ސަފީރު ވަނީ ބައްދަލު ކުރައްވާފައެވެ.

މި ބައްދަލުވުންތަކުގައި ސަފީރު އެ ބޭފުޅުންނާ މަޝްވަރާކުރެއްވި ކޮން ކަންތައްތަކަކާ ގުޅޭ ގޮތުންކަން މިހާތަނަށް ސާފުނުވެއެވެ.

މި ލިއުމާއި ގުޅޭ