Saturday 9th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ނަޝީދު

އެމްޑީޕީގެ އެތައް މަޖިލިސް މެންބަރުންނެއް ޕީޕީއެމަށް ބަދަލުވެދާނެ: ރައީސް ނަޝީދު

ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ އެތައް މެންބަރުންނެއް އިދިކޮޅު ޕީޕީއެމަށް ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކޮމެޓީތައް އެކުލަވާލުމާއި ގުޅިގެން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިހާރު މި އޮތް ހާލަތުގައި ކޮމެޓީތައް އެކުލަވާލުމަކީ މުހިއްމު ކަމެއްކަމަށް ދެކެވަޑައިގަންނަވާކަމަށާއި ބަދަލު އަންނަވަރަކުން އެ ބަދަލެއް ގެންނަމުން ގެންނަމުން ކުރިއަށް ދާން ޖެހޭކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ވަރަށް ގިނަ ބަދަލު ކުއްލި ކުއްލިއަށް އަވަސް އަވަހަށް އަންނަމުން އެބަދޭކަމަށާއި ޑިމޮކްރެޓުން އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕެއް އެކުލަވާލާ ޕާލިމެންޓަރީ ލީޑަރެއް ހަމަޖެހި މަޖިލީހަށް އެ މައުލޫމާތު ލިބޭއިރު ދުވަސްތަކެއް ހިނގައިދާނެކަމަށެވެ.
އެހެން ނަމަވެސް ރަނގަޅު ގޮތަކީ މިހާރު ކުރެވެން އޮތް ގޮތަކަށް ރައްޔިތުން މަޖިލީހުގެ ކޮމެޓީތައް މިވަގުތު އެކުލަވާލުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން ކުރިއަށް އޮތް ތަނުގައި އެމްޑީ÷ީގެ ގިނަ މެންބަރުންތަކެއްވެސް އިދިކޮޅު ޕީޕީއެމްއާ ގުޅުމަކީ ވަރަށް ބެލެވޭކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ކުރިއަށް އޮތްތަނުގައި އެމްޑީޕީގެ އެތައް މެންބަރުންނެއް ޕީޕީއެމްއަށް ބަދަލުވުމަކީވެސް ވަރަށް އެކަށީގެންވާކަމެއްކަން އަޅުގަނޑަށް ވެސް ފާހަގަވޭ، އެހެން ނަމަވެސް ކޮމެޓީތައް ހިންގަމުން ގެންދިއުން ބޭނުންތެރި" ރައީސް ނަޝީދު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ