Monday 27th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޮރޮކޯ

މޮރޮކޯއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 2700 އާ ގާތްކޮށްފި

ތަލަޓް ނަޔާކޫބް، މޮރޮކޯ (ސެޕްޓެމްބަރު 11) - މޮރޮކޯއަށް އައި އެންމެ ނުރައްކާތެރި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ގާތްގަނޑަކަށް 2،700 އަށް އަރައި، އިމާރާތްތަކުގެ ދަށުގައި ތާށިވި މީހުން ހޯދުމުގެ މަސައްކަތުގައި މީހުން ސަލާމަތްކުރާ ގްރޫޕްތައް ހަރަކާތްތެރިވަމުން ދާއިރު، ގެއްލުނު ގާތްތިމާގެ މީހުންނަށް ޓަކައި ގިނަ ރައްޔިތުންތަކެއް ދަނީ ހާދިސާ ހިނގި ސަރަޙައްދުގައި ހިތާމަ ފާޅު ކުރަމުންނެވެ.
މޮރޮކޯގެ ވެރިރަށް މަރަކެޗްގެ ހުޅަނގު ދެކުނުން 72 ކިލޯމީޓަރު (45 މޭލު) ދުރުގައި އޮންނަ ހައި އެޓްލަސް ފަރުބަދަތަކަށް ހުކުރު ދުވަހުގެ ރޭ 6.8 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމާ ގުޅިގެން ސްޕެއިން، އިނގިރޭސިވިލާތް އަދި ގަތަރުގެ ސާޗް ޓީމުތަކުން މޮރޮކޯގެ މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ބައިވެރިވަމުން ދިޔަ އެވެ.
ސްޓޭޓް ނިއުސް އެޖެންސީން ބުނީ މަރުވި މީހުންގެ އަދަދު 2،681 އަށް އަރާފައިވާ ކަމަށާއި 2،501 މީހުން ޒަހަމްވެފައިވާ ކަމަށެވެ. ސަލާމަތްކުރާ ފަރާތްތަކުން އިންޒާރު ދީފައި ވަނީ އެ ސަރަހައްދުގައި އާންމުކޮށް ފެތުރެމުން އަންނަ އާދަޔާ ހިލާފު މަޑް ބްރިކް ގެތަކުގެ ސަބަބުން އެ ގެތައް ވެއްޓިފައިވާތީ ސަލާމަތްވި މީހުން ހޯދުމުގެ ފުރުސަތު ކުޑަވެފައިވާ ކަމަށެވެ.
އެހީދޭ ޖަމާއަތެއް ކަމަށްވާ ބޮމްބަރޯސް ޔުނިޑޯސް ސިން ފްރޮންޓެރަސް (ޔުނައިޓެޑް ފަޔާފައިޓާސް ވިތައުޓް ބޯޑާސް) ގެ ސްޕެއިންގެ ސަލާމަތްތެރިޔާ އެންޓޯނިއޯ ނޯގަލްސް ވީޑިއޯކޮށްފައިވާ ދުރު އަވަށެއް ކަމަށްވާ އިމީ އެންޓާލާގެ ފުޓޭޖުތަކުން ފެންނަ ގޮތުގައި ފިރިހެނުންނާއި ކުއްތާތައް އެ ސަރަޙައްދުގެ އުސް ފަރުބަދަތަކުގެ މަތީގައި ހަޅޭއްލަވަމުން ދެއެވެ.
މީހުން ސަލާމަތްކުރުމުގެ ޓީމްތަކުގެ މަސައްކަތް ފުރަތަމަ ކޮޅު ތަންކޮޅެއް ލަސްކަމަށް ބައެއް ފަރާތްތަކުން ބުނިނަމަވެސް، ހޯމަ ދުވަހު ސާޗް އެންޑް ރެސްކިއުގެ މަސައްކަތް ތައް ހަލުވިވަމުން އަންނަތަން ފެނުނު ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.
މޮރޮކޯގެ އައުޓްލެޓް 2އެމް އިން ވީޑިއޯކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އަސްކަރީ ހެލިކޮޕްޓަރެއް އެ ސަރަހައްދުގެ ކައިރި ސަރަހައްދެއްގެ މަތިން އުދުހެމުން ގޮސް އެކަހެރިވެފައިވާ އާއިލާތަކަށް ބޭނުންވާ ޒަރޫރީ ސާމާނު ބަސްތާތައް ވައްޓާލި އެވެ.

ބިންހެލުން އައި ސަރަހައްދުގެ ބޮޑު ބައެއް ދަތުރުކުރަން އުނދަގޫ ސަރަހައްދުތަކުގައި އޮތުމުން، ގެއްލުނު މީހުންގެ ސާފު އަދަދުގެ އަންދާޒާއެއް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.

މި ލިއުމާއި ގުޅޭ