Friday 14th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރަޝިޔާ

މޮސްކޯއިން އީޔޫއާއެކު ސިޔާސީ ގުޅުން މެދުކަނޑާލަން ޖެހޭ: ރަޝިއާގެ ކުރީގެ ރައީސް

މޮސްކޯއިން އީޔޫއާއެކު އޮންނަ ސިޔާސީ ގުޅުން މެދުކަނޑާލަން ޖެހޭކަމަށް ރަޝިއާގެ ކުރީގެ ރައީސް މެޑްވޭވް ވިދާޅުވެއްޖެއެވެ.
ރަޝިއާގެ ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑޭވް ވިދާޅުވީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރަޝިއާގެ އަމިއްލަ ކާރުތަކާއި ސްމާޓްފޯންތައް ބްލޮކްކޮށް މަނާކުރާ އުސޫލަކީ ވަރަށް ނިކަމެތި އަދި ދަށުދަރަޖައިގެ އުސޫލެއް ކަމަށެވެ.
ޓެލެގްރާމްގައި ހޯމަ ދުވަހު މެޑްވެޑޭވް ނެރުއްވި ބަޔާނެއްގައި ވިދާޅުވި އީޔޫއިން ރަޝިއާއާއި މެދު އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ މޮސްކޯގެ ސަރުކާރަށް ދެވޭ އަދަބެއް ނޫން ކަމަށާއި އެއީ ރަޝިއާގެ ކޮންމެ ރައްޔިތެއްގެ ޒަރޫރީ ބޭނުންތަކާއި، އަސާސީ ޚިދުމަތްތަކާ ދެކޮޅަށް އަޅާ ފިޔަވަޅު ތަކެއް ކަމުގައެވެ.

"އީޔޫއާ އެކު ސިޔާސީ ގުޅުން ވަގުތީ ގޮތުން މެދުކަނޑާލުން ރަނގަޅުވާނެ. އަދި ޑިޕްލޮމެޓިކް މީހުން އަނބުރާ އަޅުގަނޑުމެންގެ ގައުމަށް ގެނައުމަށްކުރަންޖެހޭ ކަންކަމަށް މަގުފަހިކުރަން ޖެހޭނެ،" ކުރީގެ ރައީސް ލަފާ ދެއްވީ، މިފަދަ ފިޔަވަޅެއްގެ ސަބަބުން ޔޫރަޕްގެ ލީޑަރުންނަށް އެއްޗެއް ވިސްނިދާނެކަމަށެވެ.

މެޑްވެޑޭވް މިހެން ވިދާޅުވީ އީޔޫ ކޮމިޝަނުން މިދިޔަ ހުކުރު ދުވަހު ނެރުނު ބަޔާނާ ގުޅޭގޮތުން ސުވާލުތަކެއް ތަކުރާރުކުރުމާ ގުޅިގެންނެވެ. އެ ލިޔުމުގައި އީޔޫގެ އޮފިޝަލުން ވަނީ ރަޝިއާގެ ރައްޔިތުންނަށް ހުރިހާ ބާވަތެއްގެ ފޯނާއި ސައިބޯނި އަދި ޓޮއިލެޓް ޕޭޕަރު ފަދަ ގިނަ ބާވަތްތަކެއް ޔޫރަޕަށް ގެނައުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ބުނެފަ އެވެ.
އަދި "ވެހިކަލްބޭނުންކުރުމަކީ ޕްރައިވެޓް ނުވަތަ ކޮމާޝަލް ކަމެއް ކަމުގައި ވިޔަސް" އެކަމަށްވެސް ބެލުމެއް ނެތި ރަޝިއާގެ ރައްޔިތުން ކާރު އެތެރެކުރުން ވެސް މަނާ ކަމަށް" އެފްއޭކިއުއިން ބުނެއެވެ.

ނަމަވެސް ހޯމަ ދުވަހު ޔޫރަޕިއަން ކޮމިޝަންގެ ތަރުޖަމާނު ޑެނިއަލް ޝެރިޑަން ފެރީ ވަނީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ މާނައަކީ އެ ލިޔުމުގައި ލިސްޓުކޮށްފައިވާ އަމިއްލަ ތަކެތި ރަޝިއާގެ މީހުން އަތުން އަތުލާނެ ކަމުގެ އިޝާރާތެއް ނޫން ކަމަށާއި ބްލެކްލިސްޓުކޮށްފައިވާ ތަކެތި ހިފައިގެން އީޔޫއަށް އަންނަ ޓޫރިސްޓަކީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ހުރަސް އެޅުމަށް ކޮންމެހެން މަސައްކަތް ކުރާ މީހެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

މި ފިޔަވަޅުތަކަކީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޔޫކްރެއިންގައި އަސްކަރީ ކެމްޕޭނެއް ފެށުމަށްފަހު ހުޅަނގުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ އިގްތިސާދީ އަދި މާލީ ދަތިކުރުމުގެ ފިޔަވަޅުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަޅާފައިވާ ފިޔަވަޅުތަކެކެވެ.
މި ލިއުމާއި ގުޅޭ