Friday 14th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕަބްލިކް ސާވިސް މީޑިޔާ

ރިޔާސީ އިންތިޚާބުގައި ޕީއެސްއެމުން އިސްކަންދީފައިވަނީ ހަމަ އެކަނި ރައީސް އިބްރާހިމް އަށް: އީޔޫ އީއޯއެމް

މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ދައުލަތުގެ މީޑިއާ(ޕީއެސްއެމް)އިން އިސްކަންދީފައިވަނީ ހަމަ އެކަނި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އެކަނި ކަމަށް އިންތިޚާބު މޮނިޓަރކުރި އީޔޫ އިލެކްޝަން އޮބްޒާވާ މިޝަން (އީޔޫ އީއޯއެމް) އިން ބުނެފިއެވެ.

އީޔޫ އީއޯއެމް އިން މިއަދު އާންމުކުރި ރިޕޯޓުގައި ބުނެފައިވަނީ އެ މިޝަން އިން ބެލި ބެލުމުން އެނގިގެން ދިޔައީ ދައުލަތުގެ މީޑިއާއިން ހުރިހާ ކެންޑިޑޭޓުންނާ މެދު ހަމަހަމަ ކޮށް ކަންކަން ކޮށްފައިނުވާކަން ކަމަށެވެ. އޭގެ ބަދަލުގައި މިހާރުގެ ރައީސް އިބްރާހިމް އަށް ޚާއްސަ އިސްކަމެއްދީ ހުސްއެކަނި އެމަނިކުފާނުގެ ކެމްޕެއިން ހަރަކާތްތައް ގެނެސްފައިވާކަމަށެވެ.

ގާނޫނުގައި ބަޔާންކުރާ ގޮތަށް ހިލޭވަގުތާއި ވިއްކާ ވަގުތު ދޭން ނިންމި ނަމަވެސް އެވަގުތުތައް އެހެން ކެންޑިޑޭޓުންނަށް ދީފައިވަނީ އާންމުކޮށް ގިނަ މީހުން ޓީވީ ނުބަލާ ވަގުތު ތަކުގައި ކަމަށް ވެސް އީޔޫ އީއޯއެމްގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

"އީޔޫ އީއޯއެމްގެ ފަރާތުން މީޑީއާ މޮނިޓާރ ކުރުމުން ފާހަގަ ކުރެވުނީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ރައީސަށް ވަކިން ޚާއްސަ އިސްކަމެއް ދީފައިވާ ކަމާއި، އަދި ސަރުކާރުގެ ހަފްލާތަކާއި، ކެމްޕޭނު ހަރަކާތްތަކާ ދެމެދު އޮންނަން ޖެހޭ ފަރަގު ނުބަހައްޓައި ޚަބަރުގައާއި އެޑިޓޯރިއަލް ޕްރޮގްރާމްތަކުގައި ވަގުތު ދީފައިވާ ކަމެވެ. ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަގޮތެއްގައި ހިލޭދޭ ވަގުތާއި ވިއްކާ ވަގުތު ދޭން ޖެހޭކަމަށް ގާނޫނުގައި ލާޒިމް ކުރާ ކުރުމަށް ޕީއެސްއެމްއިން އަމަލުކުރި ނަމަވެސް ޓީވީއިން ހިލޭ ވަގުތުދިނީ އާންމުކޮށް އެންމެ ގިނަ މީހުންބަލާ ވަގުތުތަކުގައެއް ނޫނެވެ." އީޔޫގެ ބަޔާނުގައި ބުނެފައިވެއެވެ.

މިކަންކަން ދެވަނަ ބުރުގައި ރަނގަޅުކޮށް ހުރިހާ ކެންޑިޑޭޓުންނާ މެދުވެސް ހަމަހަމަ ކަމާއެކު ކަންކަން ކުރުމަށް އީޔޫ އީއޯއެމް އިން ވަނީ ސަރުކާރަށް އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން އެރިޕޯޓުގައި ވަނީ ރިޔާސީއިންތިޚާބުގައި ދައުލަތުގެ އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ބޭނުންކޮށްގެން ރައީސް އިބްރާހިމް ކެމްޕެއިން ކުރެއްވި ކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރި ކަން ފާހަގަ ކޮށްފައެވެ.

އިދިކޮޅު ކެންޑިޑޭޓުން ދިޔައީ އިންތިޚާބުގެ ކުރިން ވެސް މި ކަމާއި ދެކޮޅަށް ޝުއޫރު ފާޅުކުރަމުންނެވެ. ނަމަވެސް އެކަންކަން ބަލާނެ މިނިވަން މުއައްސަސާއެއް ނެތިގެން އެމައްސަލަތައް ވަނީ ބެލޭގޮތް ނުވެފައެވެ.

އީޔޫ އީއޯއެމް އިން ބުނީ މިއަދު މި ނެރުނު ރިޕޯޓަކީ ހުރިހާ މައްސަލަތައް ބެލިފައިވާ ރިޕޯޓެއް ނޫންނަވެސް ހުށަހަޅާފައިވާ ހުރިހާ މައްސަލަތަކެއް ހިމަނައިގެން އެންމެ ފުރިހަމަ ރިޕޯޓެއް ތައްޔާރުކޮށް ނެރޭނެ ކަމަށެވެ.

މި ރިޕޯޓުގައި އެންމެ ބޮޑަށް އީޔޫ އީއޯއެމް އަލިއަޅުވާލާފައިވަނީ ކެންޑިޑޭޓުންގެ މެދުގައި ހުރި ބައެއް ތަފާތުކުރުން ތަކަށެވެ. އެހެން ނަމަވެސް އިލެކްޝަނުން މި އިންތިޚާބުގައި ޕްރޮފެޝަނަލްކޮށް ކަންކަން ކުރުމަށް ބޮޑު އަހައްމިއްޔަތު ކަމެއްދީފައިވާކަން އީޔޫ އީއޯއެމް ވަނީ ފާހަގަ ކޮށްފައެވެ.

މި ލިއުމާއި ގުޅޭ