Thursday 16th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖޫރިމަނާ

އަންދާޒާކުރި ވަރަށް ވުރެ އިތުރަށް ޖޫރިމަނާކޮށްގެން އެތައް މިލިއަނެއް ހޯދައިފި

ޖޫރިމަނާގެ ގޮތުގައި ދައުލަތަށް މި އަހަރު ލިބޭނެކަމަށް ސަރުކާރުން އަންދާޒާ ކުރި ވަރަށްވުރެ އިތުރަށް ލިބިއްޖެއެވެ.

ނިމި ދިޔަ އޮގަސްޓު މަހުގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 108.6 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މިއަހަރު ޖޫރިމަނާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ސަރުކާރުން ބަޖެޓުގައި އަންދާޒާކޮށްފައިވަނީ 82.7 މިލިއަން ރުފިޔާއެވެ. އެހެން ކަމުން މިހާރު އެ އަދަދަށްވުރެ 25.9 މިލިއަން ރުފިޔާ އިތުރަށް އާމްދަނީގެ ގޮތުގައި ލިބިފައިވެއެވެ.

އަންދާޒާ ކުރި ވަރަށް ވުރެ އިތުރަށް ޖޫރިމަނާކޮށްގެން މިއަހަރު ވެސް ހޯދާފައިވާއިރު މިދިޔަ އަހަރުވެސް އަންދާޒާ ކުރިވަރަށް ވުރެ އިތުރަށް ސަރުކާރުން ޖޫރިމަނާކޮށްގެން އެތައް މިލިއަންއެއް ހޯދާފައިވެއެވެ.
މިދިޔަ އަހަރު ސަރުކާރުން ޖޫރިމަނާކޮށްގެން ހޯދާނެކަމަށް އަންދާޒާ ކުރީ 62.4 މިލިއަން ރުފިޔާއެވެ. ނަމަވެސް އަހަރު ނިމުނު އިރު ޖޫރިމަނާކޮށްގެން އާމްދަނީގެ ގޮތުގައި މުޅި ޖުމުލަ 252.1 މިލިއަން ރުފިޔާ ދައުލަތުން ހޯދާފައިވެއެވެ.
ޖޫރިމަނާގެ ގޮތުގައި މިހާ ބޮޑު އަދަދެއް މިދިޔަ އަހަރުވެސް ސަރުކާރަށް ލިބިފައިވާއިރު ޖޫރިމަނާކޮށްގެ ދައުލަތަށް އާމްދަނީ ހޯދުން ހުއްޓާލައްވާނެ ކަމަށް 2018 ވަނަ އަހަރުގެ ރިޔާސީ ކެޕްމެއިން ތެރޭ ރައީސުލްޖުމުހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވިއެވެ. އެހެން ނަމަވެސް ކޮންމެ އަހަރަކުވެސް ޖޫރިމަނާކޮށްގެން ބޮޑެތި އަދަދުތަކުން ސަރުކާރުން ފައިސާ ހޯދައެވެ.
މި ލިއުމާއި ގުޅޭ