މޮރޮކޯގެ ހުޅަނގު ދެކުނުގެ ފަރުބަދަތަކަށް ހޮނިހިރު ދުވަހު އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ލީޑަރުންނާއި ޑިޕްލޮމެޓުން ވަނީ މޮރޮކޯއަށް ހަމްދަރުދީ ފާޅުކުރައްވާ އެހީތެރިކަން ފޯރުކޮށްދެއްވާނެކަން ހާމަކުރައްވައިފިއެވެ.
ހުކުރު ދުވަހުގެ ރޭ އައި 6.8 މެގްނިޓިއުޑްގެ ބިންހެލުމުގައި 2،000 އަށް ވުރެ ގިނަ މީހުން މަރުވެ، 2،000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ އިރު، އޭގެ ތެރެއިން ގިނަ މީހުންގެ ހާލު ސީރިއަސް ކަމަށް މޮރޮކޯގެ ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.
މިކަމާގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ލީޑަރުންވަނީ ހަމްދަރުދީ ފާޅު ކުރައްވާފައެވެ.
ޔޫރަޕް
މޮރޮކޯގެ ކްރޮސް-ސްޓްރޭޓް އަވަށްޓެރި ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވަނީ "މި ނުރައްކާތެރި ބިންހެލުމާ ގުޅިގެން މޮރޮކޯގެ ރައްޔިތުންނަށް އެއްބައިވަންތަކަމާއި އެއްބާރުލުން ދިނުމާއެކު ސްޕެއިން އޮތީ މި ހިތާމަވެރި ހާދިސާގައި ހާލުގައި ޖެހުނު މީހުންނާއެކު". ކަމަށް ވިދާޅުވިއެވެ.
ޖަރުމަނުގެ ޗާންސެލަރު އޮލަފް ޝޯލްޒް ވިދާޅުވީ މި ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނާ އެކު އަޅުގަނޑުމެންގެ ވިސްނުން އެބަހުރި ކަމަށެވެ. ހާލުގައި ޖެހުނު ހުރިހާ ފަރާތްތަކަށް ހަމްދަރުދީ ފޮނުވަމެވެ."
ފަރަންސޭސި ވިލާތުގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވީ "ފްރާންސް އޮތީ ފަސްޓް އެއިޑްގައި އެހީވާން ތައްޔާރަށް" ކަމަށެވެ.
އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނަކް ވިދާޅުވީ އޭނާގެ ވިސްނުން ހުރީ ބިންހެލުމުގައި ހާލުގައި ޖެހުނު އެންމެންނާ އެކުގައި ކަމަށާއި އިނގިރޭސިވިލާތުން "މޮރޮކޯގެ ރަހުމަތްތެރިންނަށް އެހީތެރިވާން ތައްޔާރަށް އޮތް" ކަމަށެވެ.
އެމެރިކާ
އެމެރިކާގެ ރައީސް ޖޯ ބައިޑަން އެކްސްގައި ވިދާޅުވެފައިވަނީ ބިންހެލުމުގައި އެތައް ބައެއްގެ ފުރާނަ ގެއްލި، ލިބުނު ގެއްލުންތަކާ މެދު ހިތާމަ ކުރައްވާ ކަމަށާއި، މި ދަތި ދަނޑިވަޅުގައި މޮރޮކޯ އާއި ރަސްގެފާނު މުހައްމަދު ހަވަނައާ އެކު އެގައުމު އޮތް ކަމަށެވެ.
ބައިޑަން އިތުރަށް ވިދާޅުވީ މޮރޮކޯގެ ރައްޔިތުންނަށް ބޭނުންވާ ކޮންމެ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އެމަނިކުފާނުގެ ސަރުކާރު އޮތީ ތައްޔާރަށް ކަމަށެވެ.
ރަޝިޔާ، ޔޫކްރެއިން
ރަޝިޔާ އާއި ޔޫކްރެއިންގެ ލީޑަރުން ވެސް ވަނީ ހަމްދަރުދީ ފާޅުކުރައްވައިފަ އެވެ.
ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ ބިންހެލުމުގައި ގެއްލުނު މީހުންގެ ފުރާނައަށް ޓަކައި އެގައުމުގެ ރަސްގެފާނު މުހައްމަދު ހަވަނަ އަށާއި މޮރޮކޯގެ ހުރިހާ ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެފައެވެ.
މި ހިތާމަވެރި ދަނޑިވަޅުގައި ޔޫކްރެއިން އޮތީ މޮރޮކޯއާ އެކުގައި ކަމަށް އޭނާ ސޯޝަލް މީޑިއާގައި ވިދާޅުވެފައިވެ އެވެ.
ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވެސް މިފަދަ އިހުސާސްތަކެއް ފާޅުކުރައްވައި މޮރޮކޯގެ ރަސްގެފާނަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މޮރޮކޯގެ އެކުވެރި ރައްޔިތުންގެ ހިތާމައާއި އިޙްސާސްތަކުގައި ބައިވެރިވާ ކަމަށެވެ.
އިންޑިއާ، ތުރުކީ
މި ހަފުތާ ބަންދުގައި ޖީ-20 ސަމިޓް ބާއްވަމުން އަންނަ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ މޮރޮކޯއަށް އައި ބިންހެލުމުގައި އެތައް ބައެއްގެ ފުރާނަ ގެއްލުމުން ވަރަށް ހިތާމަކުރައްވާ ކަމަށެވެ.
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ "މި ދަތި ދަނޑިވަޅުގައި މޮރޮކޯގެ އަޚުންނަށް ހުރިހާ ގޮތަކުން ވެސް އެއްބާރުލުން ދެއްވާނެ" ކަމަށް ވިދާޅުވެފަ އެވެ.
ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރޭގައި 2021 ވަނަ އަހަރުގެ އޮގަސްޓް މަހު މޮރޮކޯއާ އެކު އޮތް ސިޔާސީ ގުޅުން ކަނޑާލި އަލްޖީރިއާއިން ވަނީ ބިންހެލުމުގައި މަރުވި މީހުންނަށް މޮރޮކޯގެ އެއްބަނޑު އެއްބަފާ ރައްޔިތުންނަށް ތައުޒިޔާ ދަންނަވާފައި ކަމަށް އެ ގައުމުގެ ޚާރިޖީ ވުޒާރާއިން ބުންޏެވެ.
ފަލަސްތީނު އޮތޯރިޓީގެ ރަސްމީ ވަފާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވަނީ ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ޓީމުތައް ފޮނުވުމަށް ބޮޑުވަޒީރުގެ އަރިހުގައި އެދިވަޑައިގެންފަ އެވެ.
"މި ދަތި ދަނޑިވަޅުގައި ފަލަސްތީނުގެ ރައްޔިތުން ތިބީ މޮރޮކޯގެ އަޚުންނާއި އުޚުތުންނާ އެކުގައިކަން ކަށަވަރުކޮށްދެއްވަމުން ރައީސް އައްބާސް ވަނީ މޮރޮކޯގެ ރައްޔިތުންނަށާއި އެގައުމުގެ ލީޑަޝިޕަށް ތައުޒިޔާ ވިދާޅުވެފައެވެ،" ވަފާ ވިދާޅުވި އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ "މޮރޮކޯގެ ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުގެ ހުރިހާ އިދާރާތަކަށާއި ސިފައިންނަށް އަންގަވާފައިވާ ކަމަށާއި އޭގެ ތެރޭގައި އެ ސަރަހައްދަށް އެހީގެ ވަފުދެއް ފޮނުވުމުގެ ތައްޔާރީތައް ވެސް ހިމެނޭ" ކަމަށް އޭނާގެ އޮފީހުން ބުންޏެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް ޝެއިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން ވިދާޅުވީ "މި ދަތި ދަނޑިވަޅުގައި މޮރޮކޯގެ ރަސްކަމާ އެކު ތިބޭ ކަމަށާއި ހާލުގައި ޖެހުނު އެންމެންނަށް އަވަސް ޝިފާއަކަށް އެދޭ" ކަމަށެވެ.
އަދި ގައުމަށް ކްރިޓިކަލް ރިލީފް ދިނުމަށް "އެއާ ބްރިޖެއް" އެޅުމަށް ވެސް އޭނާ އަންގަވާފައިވާ ކަމަށް ދައުލަތުގެ ނޫސް އެޖެންސީ ވާމް އިން ބުންޏެވެ.
އީރާނުން ވަނީ މި ބާރުގަދަ ބިންހެލުމާ ގުޅިގެން ތައުޒިޔާ ކިޔާފައެވެ.
އިރާގުގެ ބޮޑުވަޒީރު މުހައްމަދު ޝިޔާ އަލް ސޫދާނީ ވިދާޅުވީ ބިންހެލުމުގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ކޮންމެ ބާވަތެއްގެ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
އުރުދުންގެ ރަސްގެފާނު އަބްދުالله ދެވަނަ ވަނީ މޮރޮކޯއަށް ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.
އެފްރިކާ
ނައިޖީރިއާގެ ރައީސް ބޯލާ ޓިނުބޫ ވަނީ މި ހިތާމަވެރި ހާދިސާއިން މޮރޮކޯ ރަނގަޅުވެ، އާރާސްތުކޮށް، ކުރިއަށްވުރެ ވަރުގަދައަށް ނުކުންނައިރު، މޮރޮކޯއާ އެއްބައިވަންތަކަމާއެކު ދެމިތިބޭނެ ކަމަށް ވިދާޅުވެ، މުޙައްމަދު ރަސްގެފާނަށް ތައުޒިޔާ ފޮނުއްވާފައެވެ.
އެފްރިކަން ޔޫނިއަން ކޮމިޝަންގެ ވެރިޔާ މޫސާ ފަކީ މަހާމަތު ވަނީ ރަސްގެފާނަށާއި މޮރޮކޯގެ ރައްޔިތުންނަށާއި މަރުވި މީހުންގެ އާއިލާތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ވިދާޅުވެފައެވެ.
ދުނިޔޭގެ ޖަމިއްޔާތައް
ވޯލްޑް ބޭންކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މޮރޮކޯގެ ރައްޔިތުންނަށް އަޅުގަނޑުމެންގެ ހިތުގެ އަޑިން...ތައުޒިޔާދަންނަވާ ކަމުގައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް ވަނީ މި ބިންހެލުމަކީ ހިތާމަވެރި ބިންހެލުމެއްގެ ގޮތުގައި ސިފަކުރައްވައި، "ވަގުތުން ވަގުތަށް ބޭނުންވާ ސިއްހީ ބޭނުންތަކަށް އެހީތެރިވުމަށް ތައްޔާރަށް ތިއްބެވި" ކަމަށް ވިދާޅުވެފައެވެ.
އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސް (އައިއެފްއާރުސީ) އިން ބުނީ ބިންހެލުމާ ގުޅިގެން އިޖާބަ ދޭން އެތައް އަހަރެއް ނަގާނެ ކަމަށެވެ.
އދ.ގެ ތަރިކައިގެ ޖަމިއްޔާ ޔުނެސްކޯއިން ބުނީ ގައުމީ ތަރިކައިގެ ތަންތަނަށް ލިބުނު ގެއްލުންތަކުގެ އިންވެންޓްރީއެއް އެކުލަވާލުމަށާއި މަރާމާތު ކުރުމުގެ ސްޓްރެޓެޖީއެއް އެކުލަވާލުމަށް މޮރޮކޯއަށް އެހީތެރިވެދޭނެ ކަމަށެވެ.
"މި މަރުހަލާގައި އަޅުގަނޑުމެންގެ ހަމައެކަނި ފޯކަސް އޮތީ މޮރޮކޯގެ ރައްޔިތުންނަށާއި މި ހިތާމަވެރި ހާދިސާއާ ކުރިމަތިލާ ކަމާބެހޭ ފަރާތްތަކަށެވެ.
ޖިއްދާގެ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ ސެކްރެޓަރީ ޖެނެރަލް ހިސީން ބްރަހިމް ތާހާ ވަނީ "ހާލުގައި ޖެހުނު މީހުންނަށް ރަޙްމަތް ލައްވައި ޒަހަމްވި މީހުންނަށް އަވަސް ޝިފާއެއް ދެއްވުން" އެދި ދުއާ ކުރައްވާފައެވެ.