Thursday 16th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

އިންތިހާބުން ރައީސް އިބްރާހިމް ބަލިވުމުން އަދާލަތުން ކަނޑައިލީ މޭނާ ހައްސާނު ބޮލަށް!

ސަރުކާރު ހިންގާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ރިޔާސީ އިންތިހާބުން ބަލިވުމާއި ގުޅިގެން ކޯލިޝަން ޕާޓީ އަދާލަތުން ލަވަކިޔުންތެރިޔާ މޭނާ ހައްސާން ބޮލަށް ޖަހައިފިއެވެ.

އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވަނީ އަދާލަތު ޕާޓީންނާއި އެމްޑީއޭއިންނެވެ.

ރިޔާސީ އިންތިހާބުން ރައީސް އިބްރާހިމް އިއްޔެ ބަލިވެފައިވާއިރު އެކަމަށާއި ގުޅިގެން ސަރުކާރަށް ތާއީދު ކުރާ އަދާލަތުގެ ޝައިޚުން ވަނީ އިންތިހާބުން މަދު ވޯޓު ލިބިފައިވަނީ މޭނާ ހައްސާންގެ ސަބަބުން ކަމަށް ބުނެފައެވެ.

އެގޮތުން އިންތިހާބުގައި ވޯޓު ގެއްލިފައިވަނީ ރައީސް އިބްރާހިމް ބޭއްވެވި ކެމްޕެއިން ޖަލްސާތަކުގައި މޭނާ ހައްސާން ބައިވެރިކޮށް ލަވަ ކިޔާ ނާޗަރަންގީ ކުޅުމުންކަމަށް އެ ޕާޓީގެ ޝައިޚުން މިހާރު ބުނެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އަދާލަތުން މިހެން ބުނި ނަމަވެސް މޭނާ ހައްސާން ބައިވެރިވި ޖަލްސާތަކުގައި އޭނާ ލަވަ ކިޔާއިރު އެންމެ ކުރީގައި އަތް ޖަހަން އަދާލަތު ޕާޓީގެ ރައީސް އިމްރާނު އަބްދުﷲ ވެސް އިންނަވާކަން ފާހަގަކޮށްލެވެއެވެ.

އޭގެ އިތުރަށް ރައީސް އިބްރާހިމްގެ ޖަލްސާތަކުގައި ގަދައަށް މިއުޒިކް ޖެހި އިރު ޑރ. އިޔާޒުފަދަ ބޭބޭފުޅުން ނުތިއްބަވާނެކަމަށް ވިދާޅުވިނަމަވެސް ދުރުގައި އެހެން ތަނަކު އެ ޖަލްސާ ބައްލަވަން ތިއްބެވިކަން ފާހަގަކޮށްލެވެއެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި މައި ދެ ޕާޓީ، އެމްޑީޕީއާއި ޕީޕީއެމްގެ ކެންޑިޑޭޓް ދިޔައީ ދެވަނަ ބުރަކަށެވެ. އެކަމަކު ލައްކައަކަށްވުރެ ގިނަ ވޯޓާއެކު 46 ޕަސެންޓު ހޯއްދަވައި ކުރީގައި އުޅުއްވަނީ ޑރ. މުހައްމަދު މުއިއްޒެވެ. ރައީސް އިބްރާހީމަށް ލިބިލެއްވީ 85،000 ވޯޓެވެ. ދެ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ދެވަނަބުރު އޮންނާނީ މި މަހު 30 ގައެވެ.
މި ލިއުމާއި ގުޅޭ