Saturday 9th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ތާއީދު ހޯދަން 300 ފުލުހަކަށް ޕްރޮމޯޝަން ދޭން ސަރުކާރުން އަންގައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރާ 300 ފުލުހަކަށް ޕްރޮމޯޝަން ދިނުމަށް ސަރުކާރުން އަންގައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ސަރުކާރުން އެފަދައިން އެކަން ކުރަން އަންގާފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެ ފުލުހުންގެ ތާއީދު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްއަށް ހޯދުމުގެ ގޮތުންނެވެ.

ތާއީދު ހޯދުމަށް ފުލުހުންތަކަކަށް ޕްރޮމޯޝަން ދޭން ނިންމާފައިވާއިރު ހުޅުމާލޭ ފޭސް 2 ގައި އަޅާ ފްލެޓުތަކުން 200 ފްލެޓް ބައެއް ފުލުހުންނަށް ދޭން ކަނޑައަޅަން ވެސް ސަރުކާރުން މިހާރު އަންގާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ދެވަނަ ބުރަށް ތާއީދު ހޯދަން ރައީސް އިބްރާހިމް ފައްޓަވާފައިވާއިރު އިންތިހާބުގެ ފުރަތަމަ ބުރުގައިވެސް އެމްޑީޕީން ވޯޓު ގަތުމުގެ ގޮތުން މީހުންނަށް ބޮޑެތި އަދަދުތަކުން ފައިސާ ދީފައިވެއެވެ.

އެގޮތުން އާންމު ގޮތެއްގައި ބޮލަކަށް 25،000 ރުފިޔާގެ ރޭޓުން އެ ޕާޓީން ފައިސާ ބަހާފައިވާއިރު މީހުންނަށް ގުޅައި އެމީހުންނަށް ބޭނުންވާ ކަންކަން އޮޅުންފިލުވައި ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން ހަމަޖެއްސެން ހުންނަ ކަންކަން އެމްޑީޕީން ހަމަޖައްސައިދީފައިވެއެވެ.

މި ލިއުމާއި ގުޅޭ