Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިޔާސީ އިންތިޚާބު

"ޝުކުރިއްޔާ ދިވެހީން"ގެ ނަމުގައި ޕްރޮގްރެސިވް ކޯލިޝަނުން ރެލީއެއް ބާއްވަނީ

ރިޔާސީ އިންތިޚާބުގައި ޕްރޮގްރެސިވް ކޯލިޝަންގެ ކެންޑިޑޭޓް ޑރ.މުޙައްމަދު މުއިއްޒު އަށް ދިވެހިރައްޔިތުން ދެއްވި އިތުބާރާއި ޔަޤީންކަން ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރުމުގެ ގޮތުން "ޝުކުރިއްޔާ ދިވެހީން"ގެ ނަމުގައި ބޮޑު ރެލީއެއް ބާއްވަން ނިންމައިފިއެވެ.
ޕީޕީއެމް ޕީއެންސީގެ ކޯލިޝަނުން ދިޔަރެސްއަށް ބުނީ މިރެލީ އޮންނާނީ މިރޭ 8:45 ގައި އާޓިފިޝަލް ބީޗްގައި ކަމަށެވެ. އަދި ވީހާވެސް ގިނަ ލޮބުވެތި ދިވެހި ރައްޔިތުން މި ރެލީގައި ބައިވެރިވެ ވަޑައިގެން ދެއްވުމަށް އެކޯލިޝަނުން އެދިލައްވައެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމްގެ މައްޗަށް ޕީޕީއެމްގެ ކެންޑިޑޭޓް އަދި މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒު ވަނީ ކުރި ހޯއްދަވައިފަ އެވެ. އެކަމަކު އެއްވެސް ބޭފުޅަކަށް އިންތިހާބު ކާމިޔާބު ކުރެއްވޭ ވަރަށް ވޯޓު ލިބިވަޑައި ނުގަތުމުން، ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަކަށް ދާނެ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ލުން އޮންނާނީ މި މަހުގެ 30 ގަ އެވެ.
އަށް ކެންޑިޑޭޓުން ވާދަކުރެއްވި އިންތިހާބުގައި މުއިއްޒަށް ގާތްގަނޑަކަށް 46 ޕަސެންޓަށްވުރެ މަތިން ވޯޓް ލިބިވަޑައިގެންފަ އެވެ. އެއީ، ގާތްގަނޑަކަށް 100،723 ވޯޓެވެ. ރައީސް އިބްރާހިމަށް ލިބިވަޑައިގެންނެވީ 39 ޕަސެންޓެވެ. އެއީ ގާތްގަނޑަށް 85،126 ވޯޓެވެ. އިންތިހާބު ކާމިޔާބުކުރުމަށް 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު ބޭނުންވެ އެވެ.
މި އިންތިހާބުގައި ކުރިން ހީކުރެވިފައިވާ ގޮތާ ހިލާފަށް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ރަނގަޅު ނަތީޖާއެއް ނުނެރެވުނެވެ. އޭނާ އަށް ލިބުނީ 2.5 ޕަސެންޓެވެ. އަދި އެމްއެންޕީން ވާދަކުރެއްވި ދަނގެތީ ދާއިރާގެ މުހަންމަދު ނާޒިމަށް އެއް ޕަސެންޓް ވޯޓު ވެސް ހަމައެއް ނުވެ އެވެ. މި އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ހަތަރު ވަނަ ހޯއްދަވާފައެވެ.
މި ލިއުމާއި ގުޅޭ