Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޮރޮކޯ

މޮރޮކޯއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 2،000 ން މައްޗަށް އަރައިފި

ސީ.އެން.އެން — ފާއިތުވި އަހަރުތަކުގައި މޮރޮކޯއަށް އައި އެންމެ ނުރައްކާތެރި ބިންހެލުމުގައި މިހާތގަނަށް މަރުވި މީހުންގެ އަދަދު 2،000 ން މައްޗަށް އަރައިފިއެވެ.
މިހާދިސާގައި ޒަޚަމްވި މީހުންނަށް އެހީވުމާއި، ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް، މީހުން ސަލާމަތް ކުރުމަށް އެހީވާ ޖަމާޢަތްތަކުން ހުއްޓުމެއްނެތި ކުރިއަށް ދާކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެއެވެ.
ޝާހީ ގަނޑުވަރުން ބުނީ ބިންހެލުމާ ގުޅިގެން މޮރޮކޯގައި ތިން ދުވަހުގެ މުއްދަތަށް ހިތާމައިގެ ގޮތުގައި ގައުމު އޮންނާނެ ކަމަށެވެ. އަދި ސަރުކާރާއި އާންމު ހުރިހާ އިމާރާތެއްގައި ބައިދަނިޑިއަށް ދިދަ ނެގުމަށް ވަނީ ހަމަޖެހިފަ އެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނީ 6.8 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގައި މޮރޮކޯގެ ހައި އެޓްލަސް ފަރުބަދައިގެ ރޭންޖަށް ބިންހެލުމެއް އައިސްފައި ވަނީ ހުކުރު ދުވަހުގެ ރޭ 11:00 ހާއިރު 18.5 ކިލޯމީޓަރު (11.4 މޭލު) އަޑިން ކަމަށެވެ. ބިންހެލުމުގެ މައި މަރުކަޒު އޮތީ 840،000 އެއްހާ މީހުން ދިރިއުޅޭ އަދި ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއް ކަމަށްވާ މަރަކެޗްގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 72 ކިލޯމީޓަރު (44.7 މޭލު) ދުރުގައެވެ.
މޮރޮކޯގެ ދާޚިލީ ވުޒާރާއާ ހަވާލާދީ މޮރޮކޯގެ ދައުލަތުގެ ޓީވީ އަލް އައުލާ ވިދާޅުވީ މި ހާދިސާގައި 2012 މީހުން މަރުވެ 1404 މީހުންގެ ހާލު ސީރިއަސް ކަމަށެވެ.
2004 ވަނަ އަހަރުގެ ފަހުން އެޤައުމުގެ ބަނދަރުގެ ސިޓީއެއް ކަމަށްވާ އަލް ހޮސެއިމާއަށް 6.3 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގައި 630 އެއްހާ މީހުން މަރުވިއިރު، އެޤައުމަށް އެއާ އެއްވަރުގެ ކާރިސާއެއް ކުރިމަތިވެފައެއް ނުވެއެވެ. މޮރޮކޯއަށް އައި އެންމެ ނުރައްކާތެރި ބިންހެލުމަކީ 1960 ވަނަ އަހަރު ހުޅަނގުގެ ސިޓީއެއް ކަމަށްވާ އަގާދިރު ކައިރީގައި އައި ބިންހެލުމެކެވެ.
މޮރޮކޯގެ ގިނަ ބަޔަކު ހުކުރު ދުވަހުގެ ރޭ މަގުމަތީގައި ހޭދަކުރީ އާފްޓާޝޮކްތަކުގެ ބިރަށެވެ. ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ލޭ ހަދިޔާ ކުރުމަށް ވެސް ސިއްހީ އިދާރާތަކުން ވަނީ ގޮވާލާފަ އެވެ.
މި ލިއުމާއި ގުޅޭ