Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބްރެޒިލް

2024 ވަނަ އަހަރުގެ ބްރެޒިލް ޖީ-20 ބައްދަލުވުމުން ޕޫޓިން ހައްޔަރު ނުކުރެވޭނެ: ބްރެޒިލްގެ ރައީސް

ސެޕްޓެމްބަރު 10 (ރޮއިޓާސް) - އަންނަ އަހަރު ރިއޯ ޑި ޖެނީރޯގައި ބާއްވާ ގްރޫޕް އޮފް 20 ގެ ބައްދަލުވުމުގައި ރަޝިއާގެ ލީޑަރު ވްލަޑިމިއާ ޕޫޓިން ބައިވެރިވެވަޑައިގެންފި ނަމަވެސް ބްރެޒިލްގައި ހައްޔަރު ނުކުރެވޭނެ ކަމަށް ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ ވިދާޅުވެއްޖެ އެވެ.

ދިއްލީގައި ކުރިއަށްދާ ޖީ-20 ބައްދަލުވުމުގެ ހަވާސާގައި ނިއުސް ޝޯ ފަސްޓްޕޯސްޓަށް ދެއްވި އިންޓަވިއުއެއްގައި ލޫލާ ވިދާޅުވީ އަންނަ އަހަރުގެ އިވެންޓަށް ޕޫޓިން އަށް ދައުވަތު ދެއްވާނެ ކަމަށާއި ރިއޯ ބައްދަލުވުމުގެ ކުރިން ރަޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބްރިކްސް ބްލޮކް އޮފް ޑިވެލޮޕިން ނޭޝަންސްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އަމިއްލަފުޅަށް ވިސްނަވާފައިވާ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޕުޓިން އަށް ފަސޭހައިން ބްރެޒިލަށް ދެވޭނެ،" "އަޅުގަނޑަށް ތިޔަބޭފުޅުންނަށް ދެންނެވިދާނެ ވާހަކައަކީ، އަޅުގަނޑަކީ ބްރެޒިލްގެ ރައީސަކަށް ވެވަޑައިގެންފިނަމަ، އަދި އެމަނިކުފާނު ބްރެޒިލަށް ވަޑައިގެންފިނަމަ، އެމަނިކުފާނު ހައްޔަރުކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ. ލޫލާ ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓުން މިދިޔަ މާޗް މަހުގެ ތެރޭގައި ޕުޓިން ހައްޔަރުކުރުމުގެ އަމުރެއް ނެރުނީ ޔޫކްރެއިންއިން ގާނޫނާ ހިލާފަށް އެތައް ސަތޭކަ ކުއްޖަކު ގެންދިޔުމުގެ ހަނގުރާމައިގެ ޖަރީމާގެ ތުހުމަތުގަ އެވެ. ރަޝިޔާއިން އެގައުމުގެ ސިފައިން ހަނގުރާމައިގެ ޖަރީމާތައް ހިންގަމުންދާ ކަމަށާއި ނުވަތަ ޔޫކްރެއިންގެ ކުޑަކުދިން ގަދަކަމުން ގެންގޮސްފައިވާ ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ.

ޕޫޓިން ތަކުރާރުކޮށް ބައިނަލްއަގްވާމީ އެއްވުންތަކަށް ވަޑައިނުގެންނެވި އިރު، ދިއްލީގައި ކުރިއަށްދާ ޖީ-20 ސަމިޓަށްވެސް ޕޫޓިންގެ ބަދަލުގައި ވަޑައިގެންނެވީ ، ޚާރިޖީ ވަޒީރު ސަރްގެއި ލަވްރޯފް އެވެ.
ބްރެޒިލަކީ އައިސީސީ އުފެއްދުމަށް މަގުފަހިވި ރޯމް ސްޓެޓިއުޓްގައި ސޮއިކޮށްފައިވާ ގައުމެކެވެ.
މިދިޔަ ހޮނިހިރު ދުވަހު ޖީ-20 ގެ ގައުމުތަކުން ވަނީ ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގައި ރަޝިއާ ކުށްވެރި ނުކުރުމަށް އިއްތިފާގުން އިއުލާނެއް ފާސްކޮށްފަ އެވެ.
މި ލިއުމާއި ގުޅޭ