Wednesday 29th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.ޢިޔާޒް

ރައީސް އިބްރާހީމް ބަލިވުމުން ޓުވިޓަރއިން އިޔާޒު ގެއްލިއްޖެ

މިއަދު ބޭއްވި ރިޔާސީ އިންތިހާބުން ރައީސް އިބްރާހީމް ބަލިވެވަޑައިގަތުމުން, ރައީސް އިބްރާހީމުގެ ދިފާއުގައި އެންމެ ގަދަޔަށް ޓުވިޓާގައި މަސައްކަތްކުރައްވާ އެއް އެކްޓިވިސްޓު ކަމުގައިވާ އަދާލަތު ޕާޓީގެ ޑޮކްޓަރު އިޔާޒު ޓުވިޓަރއިން ގެއްލިއްޖެއެވެ.

އިޔާޒަކީ ރައީސް އިބްރާހީމް ޕްރޮމޯޓު ކުރެއްވުމަށް ޓުވިޓަރގައާއި އަދި އެހެން ވަސީލަތްތައް މެދުވެރިކޮށް ވަރަށް ގަދަޔަށް މަސައްކަތް ކުރި މީހެކެވެ. ރައީސް އިބްރާހީމް ވޯޓުލުމާ ގާތްކޮށް ރިޝްވަތުގެ ގޮތުގައި ހުޅުމާލެއިން ބެހި ގޯތިވެސް އިޔާޒުގެ އާއިލާއަށް ލިބިފައިވެއެވެ.

ރައީސް އިބްރާހީމްގެ ވެރިކަމުގައި ދީނަށް ފުރައްސާރަ ކުރުމާއި ހަށިވިއްކުން ފަދަ ފާހިޝް އަމަލުތައް އިތުރުވިނަމަވެސް އިޔާޒު ވަނީ އެއީ ނުފެންނަ ކަންކަން ކަމުގައި ހަދާފައެވެ. އަދި ޤުރުއާނާއި ހަދީސް ބޭނުންކޮށްގެން ރައީސް އިބްރާހީމަށް ވޯޓު ދޭން ޖެހޭނެ ކަމަށް ބުނެ ރައްޔިތުންނަށް އޮޅޭ ގޮތަށް ދީނީ މައުލޫމާތުވެސް އިޔާޒު ފަތުރައެވެ.

އިޔާޒުގެ އިތުރުން އަދާލަތުގެ އެހެން އެކްޓިވިސްޓުން ވެސް ވަނީ ޓުވިޓަރއިން ގެއްލިފައެވެ. މީގެ އިތުރުން އެ ޕާޓީގެ ރައީސް ހޯމް މިނިސްޓަރުވެސް އަދި އިންތިހާބުން ބަލިވިފަހުން ޓުވީޓުކޮށްފައިނުވެެއެވެ.

މި ލިއުމާއި ގުޅޭ