Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޮރޮކޯ

މޮރޮކޯއަށް އައި ބިންހެލުމުގައި 600 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

ހުކުރު ދުވަހުރޭ މޮރޮކޯއަށް އައި ބާރުގަދަ ބިންހެލުމުގައި 600 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ސަރުކާރުގެ އިބްތިދާއީ ހިސާބުތަކުން ދައްކައިފި އެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ރިޕޯޓްކޮށްފައިވާ ގޮތުގައި 6.8 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުން އައިސްފައިވަނީ ފަތުރުވެރިންގެ ހޮޓްސްޕޮޓް މަރަކޭޝްގެ ހުޅަނގު ދެކުނުން 72 ކިލޯމީޓަރު (ގާތްގަނޑަކަށް 45 މޭލު) ދުރުގައި ރޭ 11:11 ހާއިރު އެވެ.
މީގެ އިތުރުން އައްސޭރިފަށުގެ ރަބާތު، ކަސަބްލާންކާ އަދި އެސްސައޮއިރާއަށް ވެސް ވަނީ ބާރުގަދަ ބިންހެލުމެއް އައިސްފައެވެ.
ހޮނިހިރު ދުވަހު އިންޓީރިއާ މިނިސްޓްރީގެ އަޕްޑޭޓް ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ބިންހެލުމުގައި 632 މީހުން މަރުވެފައިވާ އިރު އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން މަރުވެފައިވަނީ އަލް ހައުޒް އާއި ޓަރޫޑަންޓް ޕްރޮވިންސަށެވެ. މީގެ އިތުރުން އޮއާޒާޒާޓޭ، ޗިޗައުއާ، އަޒިލާލް އަދި ޔޫސުފްއާ ޕްރޮވިންސްގެ އިތުރުން މަރަކޭޝް، އަގަދިރު އަދި ކަސަބްލަންކާ ސަރަހައްދުން ވެސް އެ މިނިސްޓްރީން ވަނީ މަރުވެފަ އެވެ.
އަދި އިތުރު 329 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
މި ބިންހެލުމުގައި އަނިޔާވި މީހުންނަށް ފަރުވާދިނުމާއި، ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް އެހީވާ ޖަމާޢަތްތަކުން ދަނީ ކުރަމުންނެވެ.
މި ލިއުމާއި ގުޅޭ