Thursday 16th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޮރޮކޯ

މޮރޮކޯއަށް 6.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ސީ.އެން.އެން – (ސެޕްޓެމްބަރ 9) ހުކުރު ދުވަހުގެ ރޭ މޮރޮކޯއަށް 6.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ ކަމަށް ސީއެންއެންއިން ރިޕޯޓްކޮށްފިއެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނި ގޮތުގައި މި ބިންހެލުމަކީ އުތުރު އެފްރިކާގެ އެ ސަރަހައްދަށް ފާއިތުވި 120 އަހަރުގެ ތެރޭގައި އައި އެންމެ ވަރުގަދަ ބިންހެލުމެވެ.
ޔޫއެސްޖީއެސް އިން ބުނީ ބިންހެލުން އައިސްފައިވަނީ މޮރޮކޯ ގަޑިން ރޭ 11:00 ހާއިރު 18.5 ކިލޯމީޓަރު (11.4 މޭލު) އަޑިން ކަމަށާއި ބިންހެލުން އައިސްފައިވަނީ 840،000 މީހުންގެ އާބާދީއެއް އޮންނަ މަރަކޭޝްގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 72 ކިލޯމީޓަރު (44.7 މޭލު) ދުރުގައި ކަމަށެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނީ މި ސަރަހައްދަށް އައި މި ބާރުގަދަ ބިންހެލުންތަކަކީ އާދަޔާ ހިލާފު ބިންހެލުމެއްކަމަށެވެ. އަދި މިއީ އުންމީދު ނުކުރާ ވަރުގެ ބިންހެލުމެއްކަމަށް އެއިދާރާއިން ބުންޏެވެ.
1900 ވަނަ އަހަރުން ފެށިގެން މި ފާއިތުވެ ދިޔަ މުއްދަތުގެ ތެރޭގައި އެކި ސައިޒްގެ ބިންހެލުންތައް އައިސްފައިވީނަމަވެސް މިހާ ބޮޑު ސަރަހައްދަކަށް އަދި މިހާ ބާރުގަދަ ބިންހެލުމެއް އައި މިއީ ފުރަތަމަ ފަހަރުކަމަށް އެ އިދާރާއިން ބުނެއެވެ.
އެ އިދާރާއިން ބުނީ މޮރޮކޯއަށް މީގެ ކުރިން އައި ބިންހެލުންތައް ރެކޯޑް ކުރެވިފައިވަނީ އެންމެ ބާރުގަދަ ބިންހެލުންވެސް 5 މެގްނިޓިއުޑްގެ ބާރު މިނުގައި ކަމަށެވެ.
މި ބިންހެލުމާއި ގުޅިގެން ލިބުނު ގެއްލުންތައް ނުވަތަ އިތުރު ތަފްޞީލް އަދި އެއްވެސް މީޑިއާއަކުން ހާމައެއް ނުކުރެއެވެ. މިކަމާ ގުޅިގެން މޮރޮކޯއިންވެސް އަދި ރަސްމީކޮށް އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.
މި ލިއުމާއި ގުޅޭ