Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަހްމަދު ޝަރީފް

ތޮއްޑޫއާއި ދަރަނބޫދޫގައި ދަންވަރު ޒުވާނުން އެއްކޮށް ވަޒީފާގެ ކޮންޓްރެކްޓުތަކުގައި ސޮއިކުރަނީ

އއ.ތޮއްޑޫއާއި ފ.ދަރަނބޫދޫގައި ދަންވަރު ޒުވާނުން އެއްކޮށްގެން އެކުދިންނަށް ކޮންޓްރެކްޓު ވަޒީފާތައް ހަމަޖައްސައި، އެއްބަސްވުންތަކުގެ ސޮއިކުރަން ފަށާފައެވެ.

"ދިޔަރެސް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ތޮއްޑޫގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ އަޙްމަދު ޝަރީފާއި، 16 މިލިއަން ރުފިޔާ ނަންގަވައިގެން "ދަ ޑިމޮކްރެޓްސް" ދޫކުރައްވައި އެމްޑީޕީއަށް ސޮއިކުރެއްވި ދާއިރާގެ މެންބަރު ޙަސަން ޝިޔާނު (ގިޓާ) ގެންދަވަނީ ވަކިވަކިން ޒުވާނުންނަށް ގުޅުއްވައި ގެންދަވައިގެން އެއްބަސްވުންތަކުގައި ސޮއިކުރައްވަމުންނެވެ.

އެ ރަށުން މައުލޫމާތު ދިން މީހަކު ކިޔައިދިން ގޮތުގައި މިރޭ 12:00 ގެ ފަހުން 6 ވަރަމަށް ޒުވާނުން ގެންދަވައިގެން އެމީހުންނާއެކު ވަގުތީ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ. އޭގެ އިތުރަށް ބައެއް މީހުންނަށް ނަގުދު ފައިސާ ބަހަމުންދާކަމަށާއި، އެކަން ފުލުހުންގެ ސަމާލުކަމަށްވެސް ގެނެސްފައިވާކަމަށް އެ ރަށުން ވާހަކަދެއްކި މީހާ ކިޔައިދިނެވެ.

ފ.ދަރަނބޫދޫން ވާހަކަދެއްކި މީހަކު ބުނި ގޮތުގައި އެ ރަށުގައިވެސް މިހާރު ގިނަ ބަޔަކު ގެންގޮސް ސްޓެލްކޯއިން ވަޒީފާ ހަމަޖައްސައި ކޮންޓްރެކްޓު ވަޒީފާގެ އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ. އަދި ބައެއް މީހުންނަށް އެކި އަދަދުތަކުން ނަގުދު ފައިސާވެސް ބަހާފައިވެއެވެ.

މާލެ ސިޓީގައި އެމްޑީޕީގެ ކެމްޕެއިން ޕްލޭނުކޮށް ހިންގާ މޫކައި ސުއިޓްސް ތެރެއިން މީހުންނަށް ފައިސާ ބަހަމުން އަންނާތީ އެކަމުގެ ޝަކުވާ މީޑިއާތަކުންނާއި ޕާޓީތަކުން ފުލުހުގައި ކުރި ނަމަވެސް ހުއްޓުވަން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވެއެވެ.

ސްޓެލްކޯގެ މުވައްޒަފަކު ދަބަހަށް ފައިސާ އަޅައިގެން ދުވާލު ވަގުތުގައި ގޭގެއަށް ގޮސް މީހުންނަށް ފައިސާ ދީ އެމީހުން ލައްވައި ފައިސާ ލިބުނުކަމަށް ސޮއިކުރުވާ ވީޑިއޯއެއް އާންމުވެފައިވެއެވެ.

މިކަންކަން ފުލުުހުންގެ ސަމާލުކަމަށް ގެނައުމުން އެކަންކަމާމެދު އެކަށީގެންވާ ފިޔަވަޅެއް ނާޅަނީ ކީއްވެތޯ މިރޭ ފުލުހުންނާއި އިލެކްޝަންސް ކޮމިޝަން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ދިޔަރެސް"އިން ސުވާލުކުރުމުން ސާފު ޖަވާބެއް ފުލުހުންގެ ފަރާތުން ލިބިފައިނުވެއެވެ.

މި ލިއުމާއި ގުޅޭ