Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.ޢިޔާޒް

އިބޫއަށް ސަނާކިޔަނީ އަންނި މޭކަރާތީ: ޑރ.އިޔާޒު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރައްވައި އެމަނިކުފާނަށް ސަނާ ވިދާޅުވަނީ އެހެން ހެއްދެވުމުން ރައީސް މުޙައްމަދު ނަޝީދު (އަންނި) މޭކަރައި ކޯފާވާތީކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބުރައީސް އަދި އެ ޕާޓީގެ އެކްޓިވިސްޓު ޑރ.މުޙައްމަދު އިޔާޒު އަބްދުއްލަތީފު ވިދާޅުވާ އޯޑިއޯއެއް އާންމުވެއްޖެއެވެ.

މި އަހަރުގެ ރެކޯޑިންއެއްގައި ޑރ.އިޔާޒު ވިދާޅުވެފައިވަނީ ރައީސް އިބްރާހީމުގެ ކިބައިގައި ހުރި ގޯސްކަންތަކާއެކުވެސް އެމަނިކުފާނަށް ތާއީދުކުރައްވަނީ، ރައީސް ނަޝީދަށް ވެރިކަމަށް އަޔަނުދިނުމުގެ ބޭނުމުގައި ކަމަށެވެ.

"އޭނަ (ރައީސް އިބްރާހީމު)ގެ ގޯސްކަންތައްތައް ވަރަށް ބައިވަރު އެބަހުއްޓޭ. އެގޯސްކަންތައް އެހެން ހުރި ނަމަވެސް އަޅުގަނޑުގެ މިވަގުތުގެ މައިގަނޑު ޓާގެޓަކީ ނަޝީދަށް ވެރިކަމަށް އެނބުރި އަޔަނުދިނުން. އެކަން ކުރެވެން އޮތް ހަމައެކަނި މަގެއްކަމަށް އަޅުގަނޑަށް ފެންނަނީ އިބޫ ތާއީދުކޮށްގެންނޭ،" ޑރ.އިޔާޒު ވިދާޅުވިއެވެ.

އަދި ސަރުކާރަށް ތާއީދުކުރާ އަދި ރައީސް އިބްރާހީމަށް ތާއީދުކުރައްވާ އެންމެ ބޮޑު ސަބަބަކީ މިވަގުތު ރައީސް ނަޝީދުގެ ކިނބައިން ޤައުމު ސަލާމަތްކުރެއްވޭނެ ހަމައެކަނި ލީޑަރަކީ ރައީސް އިބްރާހީމަށްވުން ކަމަށެވެ.

"އަޅުގަނޑުގެ ހުރިހާވެސް ޓާގެޓަކީ އަންނި ކިބައިން ސަލާމަތްވުން. އަންނި ކިބައިން ސަލާމަތްވާން މިވަގުތު މާތްﷲ ދެއްކެވި ލީޑަރަކީ މިވަގުތު އިބޫ،" ޑރ.ޢިޔާޟް ވިދާޅުވިއެވެ. އަދި ރައީސް ޔާމީނު ހުންނެވީ ވެރިކަމަށް ކުރިމަތިލެއްވޭ ހާލަތެއްގައި ނޫންކަމަށްވެސް އޭނާ އެ ކޯލުގައި ވިދާޅުވެއެވެ.

އިތުރަށް އިޔާޒު އިބޫއަށް ސަނާ ވިދާޅުވާކަމަށާއި، އެގޮތަށް ސަނާ ވިދާޅުވަނީ "އިބޫ ރަނގަޅޭ ކިޔައިގެން ވާހަކަދެއްކީމާ އަންނި މޭކަރާވަރު، އަންނި އެއަންނަ ރުޅި،" އެނގިވަޑައިގަންނަވާތީ ކަމަށްވެސް އިޔާޒު ވިދާޅުވިއެވެ.

ރައީސް އިބްރާހީމުގެ ވެރިކަމުގައި އެމްޑީ އަލަމްގިރި ނަމަކަށް ކިޔާ މީހަކާއެކު އެއްޖިންސުން ގުޅުންހިންގިކަމަށް ތުހުމަތުވާ 50 މީހުންގެ ތެރެއިން 3 މީހަކު ފިޔަވައި އެހެން އެންމެންގެ މައްޗަށް ދައުވާނުކުރަންވަނީ ނިންމާފައެވެ. އެކަމާ ގުޅިގެން ސަރުކާރަށް އެއްވެސް ފާޑުވިދާޅުވުމެއް އިޔާޒުގެ ފަރާތުން އަމާޒުނުވެއެވެ.

މިވެރިކަމުގައި ދީނަށް ހަޖާޖެހި ޝައިހާން ނަމަކަށް ކިޔާ ދިވެއްސެއްގެ މައްސަލަ އާންމުން ފުލުހުންގެ ސަމާލުކަމަށް ގެނައުމުން ސިއްރިއްޔާތުގައި އޭނާއަކީ ކާކުކަން ފުލުހުންނަށް ނާނގައި ފުލުހުންގެ ހިމާޔަތުގައި އޭނާ ފުރުވާލާފައިވެއެވެ. އެކަމުގައިވެސް އިޔާޒު ބަސްފުޅެއް ވިދާޅުނުވެއެވެ.

އިޔާޒާއި އަދާލަތުގެ އިލްމުވެރިންނަށް މި ސަރުކާރުން ހިންގާ ނުރަނގަޅު ކަންކަން ނުފެންނާތީއާއި ރައީސް އިބްރާހީމަށްވުރެ ޤާބިލު އިލްމީ އަޚުލާޤު ރަނގަޅު ރިޔާސީ ކެންޑިޑޭޓުން ތިއްބަވަނިކޮށް އެމަނިކުފާނަށް ތާއީދުކުރެއްވީތީ ގިނަ ބައެއްގެ ފާޑުކިޔުމާއި ނުރުން އެ ބޭފުޅުންނަށް އަމާޒުވެފައިވެއެވެ.

މި ލިއުމާއި ގުޅޭ