Saturday 9th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޑަކުދިންނަށް ގޯނާކުރުން

ހަތަރު އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ޖަލަށްލި މީހަކު، ރައީސް އިބްރާހީމް މިނިވަންކޮށްފި

ޢުމުރުން ހަތަރު އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ޖަލަށްލާފައި ހުރި ކުށްވެރިއަކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިނިވަންކުރައްވައިފިއެވެ.

ކ.ގާފަރު، އޯކިޑްމާގޭ، އަބްދުއްސަލާމުގެ މައްޗަށް ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށް ސާބިތުވިކަމަށް ކަނޑައެޅީ 2019 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި ކުރިމިނަލް ކޯޓުންނެވެ. އޭނާގެ މައްޗަށް ދައުވާކުރީ 2012 ވަނަ އަހަރުގައި 4 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައެވެ.

މި މައްސަލާގައި އެ ކުއްޖާވަނީ އޭނާއަށް ކުރިމަތިވި ކަންކަން އޭނާގެ މަންމައާއި ބޮޑުދައިތައަށާއި މާމައަށް ކިޔާދީފައެވެ. އަދި އޭގެ އިތުރަށް ޖެންޑާ މިނިސްޓްރީގެ ސޯޝަލް ވޯކަރަކަށްވެސް އެވާހަކަ އެ ކުއްޖާ ކިޔައިދިންކަމަށާއި، އެކުއްޖާގެ ނަފުސާނީ ހާލަތު ވަޒަންކޮށް ހެދި ރިޕޯޓުން އެކުއްޖާއަށް ޖިންސީ ގޯނާގެ ސަބަބުން ނަފުސާނީ އެތައް އަސަރެއްކޮށްފައިވާކަން އެނގޭކަމަށް ހުކުމުގައި ބަޔާންކޮށްފައިވެއެވެ.

އެ ހެކިތަކުގެ މައްޗަށް ބިނާކޮށް އޭނާގެ މައްޗަށް 2019 ވަނަ އަހަރުގައި އިއްވާފައިވަނީ 15 އަހަރުގެ ޖަލު ހުކުމެކެވެ. އެ ޖަލު ހުކުމް އޭނާ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން އެ މައްސަލަ ބަލައި ނިންމާފައިވަނީ ދަށު ކޯޓުން އޭނާއަށް އިއްވާފައިވާ ހުކުމަކީ ރަނގަޅު ހުކުމެއް ކަމަށެވެ. ހައިކޯޓުން އެފަދައިން ނިންމީ 2021 ވަނަ އަހަރުގެ މާޗު މަހުގައެވެ.

އިއްޔެ ގިނަ އަދަދެއްގެ ކުށްވެރިން ޖަލުން ގެއަށް ބަދަލުކޮށް މުޖުތަމައުގެ ތެރެއަށް ދޫކޮށްލިއިރު، އަބްދުއްސަލާމުވެސްވަނީ މިނިވަންކޮށް ގާފަރަށް ދޫކޮށްލާފައެވެ. ރޭގެ ވަގުތެއްގައި އޭނާވަނީ ގާފަރަށް ގެންގޮސްފައެވެ.

ޖަލުގައި ތިބޭ ގައިދީން ގެއަށް ބަދަލުކުރުމުގެ ބާރު ޤާނޫނާ ޚިލާފަށް ހޯމް މިނިސްޓަރު އިމްރާނަށް ލިބޭ ގޮތަށް ޤަވާއިދެއް އެކުލަވައިލާ، ވޯޓާ ދިމާކޮށް ގިނަ އަދަދެއްގެ ކުށްވެރިން އިއްޔެ ގެއަށް ބަދަލުކުރިއިރު، އޭގެ ތެރޭގައި ކުޑަކުދިންނާމެދު ޖިންސީ ކުށްތައް ހިންގާފައިވާ މުޖުރިމުން ގިނަ އަދަދަކަށް ހިމެނެއެވެ.

ޖަލުން ގެއަށް ގައިދީން ބަދަލުކޮށްފައިވަނީ އެމީހުންގެ އާއިލާތަކުގެ ވޯޓު ރައީސް އިބްރާހީމަށް ލިބޭނެކަން ކަށަވަރުކުރުމަށްފަހު، އެފަދައިން އާއިލާގެ ހުރިހާ ވޯޓެއް އެމްޑީޕީއަށް ލިބޭ ގޮތަށް އެއްބަސްވެގެންކަން "ދިޔަރެސް"އަށްވަނީ ކަށަވަރުވެފައެވެ.

މި ލިއުމާއި ގުޅޭ