Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހުކުރު ޚުތުބާ

"ހުތުބާ ފެށުމަށްފަހު ހުކުރަށް ހާޒިރުވާ މީހުން މަލާއިކަތުންގެ ފަތްފުށްތަކުގައި ނުލިޔެވޭނެ"

ހުތުބާ ފަށާ ފަހުން ހުކުރަށް ހާޒިރުވާ މީހުން މަލާއިކަތުންގެ ފަތްފުށްތަކުގައި ނުލިޔުއްވޭނެ ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.
"ހުކުރުގެ ދަރުމައާއި ސަވާބު ހެޔޮ ގޮތުގަޭގައި އި ލިބިގަންނާށެވެ،" މި މައުޟޫއަށް ހާއްސަކޮށްގެން މިއަދު ދިން ހުތުބާގައި ބުނީ ހުކުރު ދުވަހަކީ އެދުވަހެއްގައި ދުއާ އިޖާބަކުރައްވާ ހާއްސަ ވަގުތެއްވާ ދުވަހެއް ކަމަށެވެ.
އެ ވަގުތަކީ ހުކުރު ދުވަހުގެ އަސްރު ނަމާދަށް ފަހު އިރު އޮއްސުމާ ދެމެދުގެ ވަގުތުގެ ތެރޭގައި ހިމެނޭ ވަގުތުކޮޅެއް ކަމުގައި އައިސްފައިވެ އެވެ. ނުވަތަ އެއީ ހުތުބާގައި ބުނި ގޮތުގައި އިމާމު މީހާ މިންވަރަށް އެރީއްސުރެ ހުކުރު ނަމާދުކޮށް އަވަދިވެއްޖެއުމާ ދެމެދުގައި އެވާ ވަގުތުތަކުގެ ތެރޭގައި ހިމެނޭ ހިނދުކޮޅެއް ކަމަށްވެސް ރިވާވެގެންވެ އެވެ.
ހުކުރު ދުވަހަކީ ހަފްތާގެ ތެރޭގައި ކުރެވޭ ކުދި ފާފަތަކުގެ ކައްފާރައެއް ކަމަށް ހުތުބާގައި ބުންޏެވެ. އެގޮތުން ހުކުރު ދުވަހު ކުރެވޭ އެންމެ މާތް މަތިވެރި އަޅުކަމަކީ ހުކުރު ނަމާދެވެ.
ދުންޔަވީ މަސައްކަތުން ދުތުވެ ހުކުރު ނަމާދަށް އަވަސްވެގަންނަ މީހަކީ ހުތުބާގައި ބުނި ގޮތުގައި ބޮޑުވެގެންވާ ނަސީބުވެރިއެކެވެ.
ނަމަވެސް ހުކުރު ދުވަހު ދެވޭ ހުތުބާއާ ނުލައި ހުކުރު ނަމާދު ފުރިހަމަ ނުވާނެ ކަމަށް ހުތުބާގައި ބުންޏެވެ. އަދި ހުތުބާ ކިޔަމުންދާ ވަގުތު ވާހަކަ ދެއްކުމަކީ ފާހަފައެއް ކަމަށް ވެސް ބުނެފައިވެ އެވެ.
"ހުކުރު ދުވަހު ހުތުބާ ފެށުމަށްފަހު ހުކުރަށް ހާޒިރުވާ މީހުން ލިޔުއްވުމަށް މާތް ﷲ ހާއްސަ ކުރައްވާފައިވާ މަލާއިކަތުންގެ ފަތްފުށްތަކުފައި ލިޔެވޭނެ ބައެއް ނޫނެވެ. ނަމަވެސް އެފަދަ މީހުންގެ ހުކުރު ނަމާދު ސައްހަވާނެ އެވެ،" ހުތުބާގައި ބުންޏެވެ.
"އެބަހީ: މެންދުރު ނަމާދުގެ ބަދަލުގައި އެނަމާދު ގަބޫލުކުރެވޭނެ އެވެ. ނަމަވެސް ހުކުރު ނަމާދަށް މާތް ﷲ ހާއްސަކުރައްވާފައިވާ ދަރުމައާއި ސަވާބުގެ ވަރަށް ބޮޑު ބައެއް އެފަދަ މީހުންނަށް އުނިވާނެ އެވެ."
އެހެންކަމުން ތިމާގެ ފުރާނައަށް ނުވަތަ މުދަލަށް އަމާންކަން ނެތުން ފަދަ ޝަރުއީ އުޒުރަކާ ލައިގެން މެނުވީ ހުކުރު ނަމާދު ދޫކުރުމަކީ ބޮޑު ފާފައެއް ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.
މި ލިއުމާއި ގުޅޭ