Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އައިޖީއެމްއެޗް

އިންތިހާބާ ގުޅިގެން އައިޖީއެމްއެޗް އެމަޖެންސީއަށް!

މާދަމާ އޮންނަ ރިޔާސީ އިންތިހާބާ ގުޅިގެން ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗް އެމަޖެންސީ ހާލަތައް ގެނެސްފި އެވެ.
އައިޖީއެމްއެޗްގެ ޑިރެކްޓާ އޮފް މެޑިކަލް ސާވިސަސް އެ ހޮސްޕިޓަލުގެ ހުރިހާ އިދާރާއަކަށް ފޮނުވި ނޯޓިސްގައި ވަނީ މާދަމާއައި އިންތިހާބާ ޖެހިގެން އަންނަ އާދިއްތަ ދުވަހު، ހޮސްޕިޓަލް އެމަޖެންސީ ސްޓޭންޑްބައިގައި ބޭއްވުމަށް އަންގާފަ އެވެ. އަދި ދިމާވާ ހާލަތަކާ ގުޅިގެން އެމަޖެންސީގެ ލެވެލް މަތިކުރަން ޖެހިއްޖެ ނަމަ އެކަމަށް ތައްޔާރުވެ ތިބުމަށް ވެސް އަންގާފައިވެ އެވެ.
ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ވޯޓުލުމާ ގުޅިގެން ޖެހިގެން އަންނަ އާދިއްތަ ދުވަސް ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވެސް ވަނީ ކަނޑައަޅާފަ އެވެ.
އިންތިހާބާ ދިމާކޮށް އައިޖީއެމްއެޗް އެމަޖެންސީ ހާލަތަށް ގެންނަން ނިންމި އިރު، ރިޔާސީ އިންތިހާބު އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކާމިބު ނުވެއްޖެނަމަ އިންޑިއާ ސިފައިން ޝާމިލްވާ ގޮތަށް ބޮޑެތި ހަމަނުހެހުންތަކެއް ހިންގަން ރާވާފައިވާ ކަމަށް ސޯޝަލް މީޑިއާގައި އަޑުތައް ފެތުރިފައިވެ އެވެ.
މި ލިއުމާއި ގުޅޭ