Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޗައިނާ

ޗައިނާގައި އައިފޯނު މަނާކުރުމުން އެމެރިކާގެ ޓެކްނޮލޮޖީގެ ދާއިރާއަށް ބުރޫ އަރައިފި

ސެޕްޓެމްބަރު 8 (ރޮއިޓާސް) - ޗައިނާގެ ސަރުކާރުގެ މުވައްޒަފުން އައިފޯން ބޭނުންކުރުން ހުއްޓުވުމުގެ ފިޔަވަޅުތައް ބެއިޖިންއިން އިތުރުކުރުމާ ގުޅިގެން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ މެދުގައި ކަންބޮޑުވުން އުފެދި، އެ ގައުމުތަކުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ޗައިނާއަށް ވަރަށް ބޮޑަށް އަސަރުކުރާ އެމެރިކާގެ ޓެކް ކުންފުނިތަކަށް ހީނަރުކަމެއް އަތުވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެ އެވެ.
އެޕަލްގެ ހިއްސާ މިދިޔަ ބުރާސްފަތި ދުވަހު 2.9 އިންސައްތަ ދަށަށް ގޮސް، ނޮވެމްބަރު މަހަށްފަހު ދެ ދުވަހުގެ ނިސްބަތުން އެންމެ ބޮޑަށް ދަށަށް ގޮސްފައި މިވަނީ، ފާއިތުވި ހަފުތާތަކުގައި ޗައިނާގެ މަރުކަޒީ ސަރުކާރުގެ ބައެއް އިދާރާތަކުގެ މުވައްޒަފުންނަށް އެޕަލްގެ ފޯނު ތައް މަސައްކަތުގައި ބޭނުންކުރުން ހުއްޓާލުމަށް ބެއިޖިންއިން އަންގާފައިވާ ކަމުގެ ޚަބަރާ ގުޅިގެންނެވެ.
ވޯލް ސްޓްރީޓްގެ ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މި ފިޔަވަޅުތަކުން އެނގެނީ ޗައިނާ ސަރުކާރާ ރަނގަޅު ގުޅުމެއް އޮންނަ އަދި ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދުގައި ގިނަ އަދަދެއްގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވެސް ދެ ގައުމުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމުން ސަލާމަތް ނުވެވޭ ކަމެވެ.
ޗައިނާ އާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން މިފަހަކަށް އައިސް އިތުރަށް ގޯސްވެފައި މިވަނީ ޒަމާނީ ފެންވަރުގެ ޗިޕް ޓެކްނޮލޮޖީ ފަދަ މުހިންމު ޓެކްނޮލޮޖީތަކަށް ޗައިނާ އަށް ވަނުމަށް ހުރަސް އެޅުމަށް ވޮޝިންޓަނުން މަސައްކަތް ކުރަމުންދާއިރު، ބެއިޖިންއިން އެމެރިކާގެ ޓެކްނޮލޮޖީއަށް ބަރޯސާވާ މިންވަރު ކުޑަކުރަން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
އައިފޯން ވިއްކުމަށް ދަތި ނުކުރާހާ ހިނދަކު ޗައިނާ އަކީ އެޕަލް އަށް އުޖާލާ ތަނެކެވެ.
ހާގްރީވްސް ލެންސްޑައުންގެ ހެޑް އޮފް މަނީ އެންޑް މާކެޓްސް ސުޒޭނާ ސްޓްރީޓާ ވިދާޅުވީ ޗައިނާއަކީ އެޕަލް އަށް ވަރަށް މުހިންމު މާކެޓެއް ކަމަށާއި އެއީ ހަމައެކަނި ސުޕަ-މުހިއްމު މެނުފެކްޗަރިން ހަބަކަށް ވާތީ ނޫން ކަމަށާއި އެ ގައުމަކީ އާމްދަނީ ހޯދުމުގެ މުހިންމު ވަސީލަތަކަށް ވާތީ ކަމަށެވެ.
އެޕަލް އަށް ލިބޭ އާމްދަނީގެ ފަސްބައިކުޅަ އެއްބައި އެ ގައުމުން ލިބެ އެވެ.
"މިހާރުވެސް ވާދަވެރިން ދަނީ މަތީ ފަންތީގެ ސްމާޓްފޯން ވިއްކުމުގެ ފަރަގު ކުޑަކުރަމުން ކަމަށާއި ހާލަތު އިތުރަށް ގޯސްވެއްޖެ ނަމަ ވާދަވެރިންނަށް އެޕަލްގެ ތާޖު ވަގަށް ނެގުމުގެ ފުރުސަތު ބޮޑުވެދާނެ،" ސްޓްރީޓާ ވިދާޅުވި އެވެ.
ނަމަވެސް އަންނަ ހަފުތާގައި އެޕަލް އިން އައިފޯން 15 ގެ ލައިންއަޕް ދައްކާލުމުގެ އިތުރުން އާ ސްމާޓްވޮޗްތައް ދައްކާލާނެ ކަމަށް ބެލެވޭ އިވެންޓަކަށް ފަހު އެޕަލް އަށް ޑިމާންޑް ބޮޑުވެދާނެ އެވެ.
މި ލިއުމާއި ގުޅޭ