Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަސީރުން

ކުޑަކުދިންނަށް ޖިންސީ ގޯނާކުރި އެތައް ބަޔަކު ހިމެނޭހެން ގިނަ އަދަދެއްގެ ކުށްވެރިން ގެއަށް ބަދަލުކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ކުށް ސާބިތުވެ ދިގު މުއްދަތަށް ޖަލަށް ލާފައިވާ އެތައް ބަޔަކު ހިމެނޭހެން ގިނަ އަދަދެއްގެ ކުށްވެރިން ގެއަށް ބަދަލުކޮށްފިއެވެ.

ހޯމް މިނިސްޓްރީގެ އޮފިޝަލެއް "ދިޔަރެސް"އަށް މައުލޫމާތު ދެއްވި ގޮތުގައި ބުރާސްފަތިދުވަހުގައި ގެއަށް ބަދަލުކުރި ގައިދީންނަކީ އަލަށް އެކުލަވައިލި ޤަވާޢިދުގެ ދަށުން ހޯމް މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން މިނިސްޓަރު އިމްރާން އަބްދުﷲ ފޮނުއްވި ލިސްޓަކަށް ގެއަށް ބަދަލުކުރި މީހުންނެވެ.

ގެއަށް ބަދަލުކުރި މީހުންގެ ތެރޭގައި 2019 ވަނަ އަހަރުން ފެށިގެން މި އަހަރުގެ ޖޫން މަހާ ދެމެދުގައި ކުށް ސާބިތުވެ އެކި މުއްދަތުތަކަށް ޖަލަށް ހުކުމްކޮށްފައި ތިބި މީހުން ހިމެނެއެވެ. އަދި އޭގެ ތެރޭގައި ގިނަ އަދަދަކަށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ސާބިތުވެފައިވާ މީހުން ހިމެނެއެވެ.

ހޯމް މިނިސްޓްރީގެ އޮފިޝަލު ވިދާޅުވީ ގައިދީން ގެއަށް ބަދަލުކުރުމުގެ އުސޫލަށް ބަދަލުގެނެސް މިނިސްޓަރަށް އެ ބާރު ނަގާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށެވެ. ޖަލުގައި ބަންދުކޮށްފައި ތިބޭ ޤައިދީން ގެއަށް ބަދަލުކުރެވޭނީ ކޮން ހާލަތްތަކެއްގައިކަން ޤާނޫނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވަނިކޮށް މިނިސްޓަރުގެ ލިސްޓަކަށް ނުރައްކާތެރި ގިނަ ކުށްވެރިންތަކެއް ގެއަށް ބަދަލުކުރުމަކީ ބޮޑު ކަންބޮޑުވުމެއްކަމަށް އޭނާ ވިދާޅުވިއެވެ. ޚާއްޞަކޮށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަން ސާބިތުވެފައިވާ ގިނަ ބަޔަކު ބަދަލުކުރުމަކީ ބޮޑު ގޯހެއްކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި މިވެރިކަން ފެށުނުއިރު ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަޤާމުގައި ޢަބްދުﷲ މުނާޒު ހުންނެވިއިރު މިނިސްޓަރަށް ޤައިދީން ގެއަށް ބަދަލުކުރުމުގެ ބާރު ދީފައި އޮތް ކަމަށެވެ. ނަމަވެސް މިހާރުގެ ކޮމިޝަނާ މަޤާމާ ހަވާލުވެވަޑައިގަތުމާއެކު އެ ޤަވާއިދު އުވައިލައްވައި، އެ ބާރު މިނިސްޓަރަށް ނޯންނަ ގޮތަށް ބަދަލުކުރެއްވިއެވެ.

އެހެންނަމަވެސް ހޯމް މިނިސްޓްރީގެ ޤާނޫނީ ޓީމުގެ ލަފައާއި އިރުޝާދާ ޚިލާފަށް ބަންޑާރަނައިބުގެ އޮފީހުގެ ލަފައެއް ހޯއްދަވައިގެން އަލުން އެކުލަވައިލި ޤަވާއިދެއްގެ ދަށުން ކުށްވެރިން ގެއަށް ބަދަލުކުރުމުގެ ބާރު އަލުން މިނިސްޓަރު އިމްރާނުގެ އަތްޕުޅަށް ނަންގަވާފައިވެއެވެ. ޤަވާއިދަށް ގެނައި ބަދަލުގެ ކޮޕީއެއް "ދިޔަރެސް"އަށްވަނީ ލިބިފައެވެ.

"ދިޔަރެސް"އަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ގެއަށް ބަދަލުކުރި ޤައިދީން ގެއަށް ބަދަލުކުރީ އެމީހުން ގެއަށް ބަދަލުކުރުމުން އެ މީހުންގެ އާއިލާތަކުގެ ވޯޓު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ހޮނިހިރުދުވަހުގައި އޮންނަ ރިޔާސީ އިންތިޚާބުގައި ލިބޭނެކަމުގެ ޔަގީންކަން ހޯދުމަށްފަހުއެވެ.

ޖަލުގައި ތިބި ގިނަ އަދަދެއްގެ ޤައިދީން ގޭ ބަންދަށް ބަދަލުކުރިއިރު، ޖުލައި މަހުގައި 25 ކުށްވެރިއަކު އަދި އޯގަސްޓުގައި 23 ކުށްވެރިން އަދި ހިނގަމުންދާ ސެޕްޓެންބަރު މަހުގައި 50 އަށްވުރެ ގިނަ ކުށްވެރިންނަށް ރައީސް އިބްރާހީމު މައާފުދެއްވައި ނުވަތަ އަދަބު ލުއިކޮށްދެއްވައި ޖަލުން މިނިވަންކުރައްވައި މުޖުތަމައުގެ ތެރެއަށް ދޫކުރައްވާފައިވެއެވެ.

"ދިޔަރެސް"އަށް ލިބިފައިވާ ލިސްޓުތަކަށް ބަލާއިރު ހަމައެކަނި މި މަހުގެ 6 ވަނަ ދުވަހުގައި ޖަލުން މިނިވަންކުރި 32 ޤައިދީންގެ ތެރެއިން 16 މީހުންނަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށުގައި 25 އަހަރަށް ޖަލަށް ލާފައިވާ މީހުންނެވެ. އޭގެ އިތުރަށް އެމީހުންގެ ތެރޭގައި މާރާމާރީއާއި ޤަތުލުގެ ކުށް ސާބިތުވެފައިވާ ބޮޑެތި މުޖުރިމުން ހިމެނެއެވެ.

މި ލިއުމާއި ގުޅޭ