މީޑިއާނެޓުގެ އެމްްއެސް ލައިޓް އަދި އެމްއެސް ޑިޖިޓަލް ހިދުމަތްތައް މީޑިއާނެޓާއި އުރީދޫ ނެޓްވޯކު ބޭނުންކުރައްވާ ކަސްޓަމަރުންނަށް އެއްވެސް ދަތިކަމެއް ނެތި ލިބެމުން ދާނެކަމަށާއި ނަމަވެސް، ކަނެކްޓިވިޓީ މައްސަލަ ތަކެއް އުޅޭތީ އެހެން ނެޓްވޯކުތައް ބޭނުން ކުރައްވާ ކަސްޓަމަރުންނަށް ހިދުމަތަށް ބުރޫއެރުން އެކަށީގެންވާ ކަމަށް މީޑިއާނެޓުން ބުނެފިއެވެ.
ދިރާގު އިންޓަނެޓު ބޭނުންކުރާ ފަރާތްތަކުން އަންނަނީ މީޑިއާނެޓުގެ އެޕްތައް ބޭނުންކުރުމުގައި މައްސަލަ އުޅޭކަން ފާހަގަކުރަމުންނެވެ.
މީގެކުރިންވެސް ދިރާގުގެ ކަސްޓަމަރުން ވަނީ މިފަދަ ދަތިތައް ހުރިކަން ފާހަގަކޮށް ޓުވީޓުކޮށްފައެވެ.
ބެލެވޭގޮތުގައި ދިރާގުން ގަސްތުގައި އެ އެޕްލިކޭޝަންތައް ލަސްކުރަނީއެވެ.