Friday 1st Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މީޑިއާނެޓް

ރިޔާސީ އިންތިޚާބްގެ ހުރިހާ ހަރަކާތްތަކެއް ރާއްޖެއިން ބޭރުގައި ތިބެގެންވެސް މީޑިއާނެޓް މެދުވެރިކޮށް ބަލާލެވޭނެ!

ކުރިއަށް އޮތް 5 އަހަރު ދިވެހިރާއްޖޭގައި ވެރިކަން ކުރާނެ ފަރާތެއް ކަނޑައެޅުމަށް ބާއްވާ ރިޔާސީ އިންތިޚާބާއި ގުޅޭ ހުރިހާ ހަރަކާތްތަކެއް މީޑިއާނެޓު މެދުވެރިކޮށް ދިވެހިންނަށް ފެންނާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

ސެޕްޓެމްބަރު 9 ވާ ހޮނިހިރު ދުވަހަށް އިންތިޚާބު ތާވަލު ކުރެވިފައިވާއިރު މި އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނާއި އެ ފަރާތްތަކުގެ ޓީމުތަކުން އަންނަނީ ފޯރިއާއެކު ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. މާލޭގެ މަގުތަކުގައި ދަމާފައިވާ ދިދަފަތިތަކާއި، ރަށްރަށުގެ ބަނދަރުމަތިން ފެންނަ ކުލަތަކުންވެސް މިކަން ފާހަގަކޮށްލެވެއެވެ.

ރިޔާސީ އިންތިޚާބާއި ގުޅުންހުރި ހަރަކާތްތައް ޖޯޝާއެކު ކުރިއަށްދާއިރު ޓީވީ ޗެނަލްތައް މެދުވެރިކޮށްދަނީ ދުރާއި ގާތުން ޓީވީ ބަލަމުންގެންދާ ފަރާތްތަކަށް ވަގުތުން މި މަންޒަތައް ގެނެސްދެމުންނެވެ. ބައެއް ކެނޑިޑޭޓުން އެ ފަރާތްތަކަށް ޚާއްސަ ޓީވީ ޗެނަލްތަކެއް ގެންގުޅޭކަންވެސް ފާހަގަކޮށްލެވެއެވެ. ހަމައެހެންމެ ވޯޓު ލާ ދުވަހާއި ވޯޓު ގުނުމުގެ ފުރިހަމަ ކަވަރޭޖް ޓީވީ މެދުވެރިކޮށް ގެނެސްދިނުމަށް ޗެނަލްތަކުން އަންނަނީ ފުރިހަމައަށް ތައްޔާރުވަމުންނެވެ.
ދިވެހިރާއްޖޭގެ އެންމެ ބޮޑު ޓީވީ ސާރވިސް ފޯރުކޮށްދޭ ފަރާތުގެ ހައިސިއްޔަތުން މީޑިއާނެޓުން އަންނަނީ މި ހުރިހާ ފަރާތްތަކަށްވެސް އެއްހަމައެއްގައި ޗެނަލް ބްރޯޑްކާސްޓްކުރުމުގެ ފުރުސަތު ދެމުންނެވެ. ހަމަ އެހެންމެ މީޑިއާނެޓުގެ ޕްލެޓްފޯމަކީ މި ހުރިހާ ޗެނަލްތަކެއް އެއް ޕްލެޓްފޯމަކުން ބަލާލުމަށް އެންމެ ފަސޭހަ އެންމެ ފުރިހަމަ ޚިދުމަތް ކަމާމެދު ޝައްކެތްނެތެވެ.
ޓީވީ ދޮށުގައި މަޑުކޮށްލައިގެން އިނދެ ސިޔާސީ ފޯރީގައި ބައިވެރިވާ ފަރާތްތަކުގެ އިތުރުން، ކޮންމެ ވަގުތަކު ކޮންމެ ތާކު ހުރެވެސް މީޑިއާނެޓުގެ މޯބައިލް އެޕްލިކޭޝަން އެމް އެސް ޑިޖިޓަލް މެދުވެރިކޮށް އިންތިޚާބާއި ގުޅޭ ޕްރޮގްރާމްތައް ފަސޭހައިން ބެލޭނެއެވެ. ސިޔާސީ ފޯރި ރާއްޖެއިން ބޭރުގައިވެސް ގަދަވެފައިވާ މި ދަނޑިވަޅުގައި މީޑިއާނެޓުންވަނީ އެމް އެސް ގްލޯބަލް ތަޢާރަފްކޮށްފައެވެ. މިއާއެކު މީޑިއާނެޓު ޚިދުމަތުގައި ހިމެނޭ ހުރިހާ ދިވެހި ޗެނަލްތައް ރާއްޖެއިން ބޭރުގައި ފަސޭހައިން ބަލާލެވޭނެ އިންތިޒާމްވެސް މިހާރުވަނީ ހަމަޖެހިފައެވެ.
ސިޔާސީ މަޝްރަހާއި ގުޅުންހުރި ހުރިހާ ޚަބަރަކާއި ހަރަކާތްތައް ޓީވީ މެދުވެރިކޮށް ބަލާލުމަށް ދިވެހިރާއްޖޭގެ ކޮންމެ ހިސާބެއްގައިވެސް މީޑިއާނެޓުގެ އެންމެ އަގުހެޔޮ ޕެކޭޖު "ލޯކަލް ޕެކޭޖު" ނަގާލުމުން ހުރިހާ ދިވެހި ޗެނަލެއް ފެންނާނެއެވެ. އެމް އެސް ޑިޖިޓަލް އެޕްލިކޭޝަން މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދިވެހި ޗެނަލްތައް ބަލާލުމަށް "އެމް އެސް ސްޓާޓަރ" ޕެކޭޖު ވައުޗަރ އެއް ބައްލަވައިގަނެ ކޯޑު ޖަހާލުމުން ނިމުނީއެވެ.

ރާއްޖެއިން ބޭރުގައި ތިބި ފަރާތްތަކުން ޓީވީ އިން ބަލާލުމަށް "އެމް އެސް ލައިޓް ގްލޯބަލް" އަދި ފޯނު ޑިވައިސް މެދުވެރިކޮށް ބަލާލުމަށް "އެމް އެސް ޑިޖިޓަލް ގްލޯބަލް" އަށް މީޑިއާނެޓުގެ ރަޖިސްޓްރޭޝަން ޕޯރޓަލް register.medianet.mv އަށް ޒިޔާރަތްކޮށް ރެޖިސްޓަރ ކުރުމަށްފަހު ޕެކޭޖެއް ނަގާލަން ޖެހޭނެއެވެ.

މި ޚިދުމަތްތަކުގެ ސަބްސްކްރިޕްޝަން ޕެކޭޖު ބައްލަވައިގަތުމަށް މީޑިއާނެޓުގެ ކުއިކް ޕޭ ޕޯރޓަލް my.medianet.mv އަށް ޒިޔާރަތްކޮށްލައްވާ ފައިސާ ދައްކާލުމުން ޗެނަލްތައް ވަގުތުން ބެލޭނެއެވެ. މީޑިއާނެޓުގެ އަމާޒަކީ އިންތިޚާބުގެ އެންމެ ފަހުގެ އަޕްޑޭޓްސް ޗެނަލްތައް މެދުވެރިކޮށް ފަސޭހަކަމާއެކު ދިވެހިންނަށް ބެލޭނެ އިންތިޒާމް ހަމަޖެހިގެންދިއުމެވެ.

މި ލިއުމާއި ގުޅޭ