Monday 12th May 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިސްލަމަފޯބިއާ

ސަރުކާރުން ހިމާޔަތްދީގެން ފުރުވާލި ޝައިހާން ކީރިތި ޤުރުއާނަށް ކުޑައިމީސްކޮށްފި

އިސްލާމްދީނަށް ތައުހީނުކޮށް މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކުރާކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވަނިކޮށް ސަރުކާރުގެ ހިމާޔަތާއެކު ރާއްޖެ ދޫކޮށް ފުރައިގެން ދިޔަ ހުސައިން ޝައިހާނު ކީރިތި ޤުރުއާނަށް ކުޑައިމީސްކޮށްފިއެވެ.

ކީރިތި ޤުރުއާންއަށް ކުޑައިމީސްކޮށް ޝައިހާން އާއްމުކޮށްފައިވާ ވީޑިއޯގައި އޭނާ ބުނެފައިވަނީ ލިވާތު ކުރުމާ ދެކޮޅަށް ޤުރުއާނުގައި ބަސްފުޅު އައިސްފައިވާކަމަށާއި އެހެންވެ ކީރިތި ޤުރުއާން އެނާ ގަބޫލު ނުކުރާކަމަށެވެ.

ޝައިހާން ކީރިތި ޤުރުއާނަށް ފުރައްސާރަކޮށް ވީޑިއޯއެއް އާއްމުކޮށްފައިވާއިރު އޭނާއަކީ މިފަދައިން އިސްލާމްދީނަށް ތައުހީނުކުރާކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވަނިކޮށް ރާއްޖެއިން ފުރައިގެން ދިޔަ ފުރަތަމަ މީހާއެއް ނޫނެވެ. އުލްފާ ފަހުމީ ނަމަކަށް ކިޔާ އަންހެނަކު އިސްލާމްދީނަށް ތައުހީނުކުރާކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވަނިކޮށް އޭނާވެސް ފުރައިގެން ގޮސްފައިވެއެވެ.

ޓުވިޓާގައި "ކުރެދިކުރި"ގެ ނަމުގައި ފޭކު އެކައުންޓެއް ހަދައިގެން ރަސޫލާ ﷺ އަށާއި އެކަލޭގެފާނުގެ އަނބިކަނބަލުންނަށް ފުރައްސާރަކޮށް ހަޑިހުތުރު ބަހުރުވަ ހިމެނޭ ގޮތަށް ކާޓޫނު ތައްޔާރުކޮށް ހިއްސާކުރަމުން އައީ ޝައިހާނުކަން ހާމަވެފައިވަނީ އަމިއްލަ ފަރާތްތަކުން ކުރި ތަހުގީގުންނެވެ.
އެ ތަހުގީގުން "ކުރެދިކުރި" ނަމުގައި ޓުވިޓާގައި ހަރަކާތްތެރިވި އެކައުންޓަކީ ޙުސައިން ޝައިހާނު ކުރިން ބޭނުންކުރި އެކައުންޓުކަން ކަށަވަރުވެފައިވެއެވެ. އެގޮތުން އެ އެކައުންޓާ ބީއެމްއެލް އަދި އުރީދޫގެ ކަސްޓަމާ ސާވިސްއާ މުއާމަލާތްކޮށްފައިވާ ޓުވީޓުތައް ތަހުލީލުކުރުމުން އެ އެކައުންޓުގެ ކުރީގެ ނަމަކީ ޝައިހާނުގެ ނަންކަން ހާމަވިއެވެ.
"ކުރެދިކުރި" އެކައުންޓަކީ ޝައިހާނުގެ އެކައުންޓެއްކަން ކަށަވަރުވާ އެތައް ޓުވީޓެއް އޭނާގެ އެކައުންޓުން ކޮށްފައިވާއިރު، އޭގެ ތެރޭގައި އިންތިޚާބެއްގެ ތެރޭގައި އޭނާ ހުރީ ގދ.ފިޔޯރީގައި ކަމަށް ބުނާ ޓުވީޓަކާއި އޭނާގެ އުފަންދުވަސް ބަޔާންކުރާ ޓުވީޓެއް ހިމެނެއެވެ. އެ އިންތިޚާބުގައި ފިޔޯރީގެ ވޯޓާސް ލިސްޓުގައި ޝައިހާނު ފިޔަވައި އެ އުފަން ތާރީޚު ހިއްސާކުރާ މީހަކަށް ހުރީ އަންހެނެއް އެކަންޏެވެ.
ޝައިހާނަކީ ކުރިން ފިޔޯރީ ސުކޫލުގައި ރިލީފު ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރިއިރު އިސްލާމްދީނާ ޚިލާފު ވާހަކަތައް ދެއްކުމުގެ މައްސަލަތައް ފެންމަތިވެފައި އޮތް މީހެކެވެ.
ޝައިހާނު ރާއްޖެއިން ފުރައިގެން ދިޔައީ "ކުރެދިކުރި" ނަމުގައި، ޓުވިޓާގައި އިސްލާމްދީނަށް ތައުހީނުކޮށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތައުހީނުކޮށް ކުރަހާފައިވާ ކާޓޫނު އާންމުކޮށްފައިވަނީ އޭނާކަން ކަށަވަރުވާ ހެކި ފުލުހުންނާ ހިއްސާކޮށްފައިވަނިކޮށެވެ.
ހަރުކަށި ފިކުރުމުގެ ތުހުމަތުވާ މީހުން ވަރަށް ފަސޭހައިން ދެނެގަނެ ފުލުހުން ހައްޔަރުކުރާއިރު، އިސްލާމްދީނަށް ތައުހީނުކުރާ މީހުންނާމެދު އަދި އެކަންކަމަށް އަމިއްލަ ނަމުގައި ހިތްވަރުދޭ މީހުންނާމެދު ފުލުހުންނަށް އެއްވެސް ފިޔަވަޅެއް ނޭޅޭތީ އާންމުންގެ ފާޑުކިޔުން އެ އިދާރާއަށް އަމާޒުވެފައިވެއެވެ.

ޝައިހާނަކީ ޓްރާންސްޕޭރެންސީ މޯލްޑިވްސް ފަދަ ބައެއް މަދަނީ ޖަމްއިއްޔާތަކުގައި މަސައްކަތްކުރި މީހެކެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މީސްމީޑިއާ އެކި މަންސަތަކުގައި އިސްލާމްދީނަށް ފުރައްސާރަކުރުން ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ.
މި ލިއުމާއި ގުޅޭ