Sunday 23rd Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބަނގުރާ

ނައިފަރާއި ހިންނަވަރުގައި ވޯޓާއި ދިމާކޮށް އެމްޑީޕީއިން ބަނގުރާ ބަހަނީ

ރިޔާސީ އިންތިހާބާއި ދިމާކޮށް ނައިފަރާއި ހިންނަވަރުގައި ހުންނަ އެމްޑީޕީގެ ޖަގަހަތަކުން ގިނަ އަދަދެއްގެ ބަނގުރާ ބަހަމުންދާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ބަނގުރާ ބެހުމުގައި ދެ ރަށުގައިވެސް ހަރަކާތްތެރިވަނީ އެރަށްރަށުގެ އެމްޑީޕީ އިސް އެކްޓިވިސްޓުންނެވެ. ބައެއް ގޭތަކަށް ބަނގުރާ ފާޅުގައި ސައިކަލްތަކުގައި ބަހަމުން ގެންދާއިރު ފުލުހުން އެއްވެސް ވަރަކަށް އަޅައިނުލައިކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު "ދިޔަރެސް"އަށް ކަށަވަރުކޮށްދިނެވެ.

ރައީސް އިބްރާހީމް ވެރިކަމަށް އައުމަށް ފަހު ކޮންމެ އިންތިހާބަކާއި ދިމާކޮށް ހިންނަވަރުގައި ބަނގުރާ ބަހަމުންދާކަން އެރަށު ރައްޔިތުން ބުނެއެވެ. އެރަށުގެ އެކި އުމުރު ފުރައިގެ މީހުން ބަނގުރާ ބޭނުންކުރަން ފަށައި މަސްތުވެގެން ތިބެ ރަށުތެރޭގައި އެކި ކަހަލަ ހަމަނުޖެހުންތައް ހިންގާ މައްސަލަވެސް އެރަށުގައި ވަނީ ބޮޑުވެފައެވެ.

ހިންނަވަރުގައި ބަނގުރާ ބުއިމުގައި އެރަށުގައި ހަރަކާތްތެރިވާ ފުލުހުންވެސް ޝާމިލުވާކަމަށް އެރަށު ރައްޔިތުން ބުނެއެވެ.

އެމްޑީޕީގެ ހިންނަވަރު އެކްޓިވިސްޓުން ބަނގުރާ ބޮނިކޮށް މީގެ ކުރިން އެތައް ފަހަރަކު ރިޕޯޓްކުރި ނަމަވެސް އެއްވެސް ފިޔަވަޅެއް ނާޅައިކަންވެސް އެމީހުން ފާހަގަކުރެއެވެ.

ހިންނަވަރަށް އުފަން ރައީސް އިބްރާހީމްއަކީވެސް މީގެ ކުރިން ގަވާއިދާއި ހިލާފަށް ބަނގުރާ ވިއްކުމުގެ ކުށް ސާބިތުވެ އަރުވާލުމަށް ހުކުމްކުރެވިފައިވާ ފަރާތެކެވެ.

މި ލިއުމާއި ގުޅޭ